English Edition
Dhivehi Edition

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން އިތުރު 99 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފިއެވެ.

އިލެކްޝަންސް ކޮމިޝަންސް އިން ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 އަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު އެކޮމިޝަނުގެ ނަންބަރު IUL)38-AA/38/2020/5) އިޢުލާނުން ހުޅުވާލުމާއި ގުޅިގެން ގިނަ އަދަދެއްގެ ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާކަމަށެވެ.

އެގޮތުން ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން 43 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިންވެސް 56 ކެނޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

ނަން އަނބުރާ ގެންގޮސްފައިވާ ކެންޑިޑޭޓުންގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ 29 ކެންޑިޑޭޓަކާއި، އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ 17 ކެންޑިޑޭޓަކު ހިމެނެއެވެ.