English Edition
Dhivehi Edition

ގދ.ތިނަދޫގައި އިމާރާތްކޮށްފައިވާ 120 ފްލެޓްގެ ތެރެއިން ބާކީހުރި 15 ފްލެޓަށް އެދިފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓު ނެރެފިއެވެ.

ވަގުތީ ލިސްޓަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ލިސްޓު އާންމު ކުރުމާއެކު ޕޮއިންޓް ލިބިފައިވާ ގޮތާމެދު އިތުރުކަމެއް ސާފްކުރަން ބޭނުންވާ ނަމަ ނުވަތަ ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން ފެބްރުއަރީ 24 ވާ ބުދަދުވަހުގެ 14:00 ގެ ކުރިން ޝަކުވާ ހުށަހެޅުމަށް ތިނަދޫ ކައުންސިލުން ވަނީ އެދިފައެވެ.

ފްލެޓް ކޮމެޓީން ދިރާސާކޮށްފައިވާ ކެޓަގަރީތަކުގެ ދާއިމީ ލިސްޓު ނެރުމަށް ހަމަޖެހިފައިވަނީ ހުރިހާ ޝަކުވާއެއް ބަލައި ލިޔުމުން ޖަވާބު ދިނުމަށްފަހު، ވަގުތީ ލިސްޓަށް ގެންނަން ޖެހޭ އުނި އިތުރެއްވާނަމަ، އެއުނިއިތުރެއް ގެނައުމަށްފަހުގައި ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.