ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ހުށަހެޅައި ތަޙުޤީޤު ކުރަމުންދާ މާރާމާރީ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ
މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ. މީދޫ، ސޮނީ، މުޙައްމަދު ޙާފިޘް އަޙްމަދު (26އ) އެވެ. މުޙައްމަދު ޙާފިޘް އަޙްމަދު އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792803 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުންވަނީ އެދިފައެވެ.
އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުންވަނީ ފާހަގަކޮށްފައެވެ