English Edition
Dhivehi Edition

މަސްތުވާތަކެއްޗާއެކު, މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު) ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުލުހުންނަށް ލިބުނު އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އިން ރޭ ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެއިން 2.5 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް މި މީހުންގެ ވަނަވަރެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ހައްޔަރު ކުރި ހަތަރު މީހުންގެ ތެރޭގައި “ޕެސްޓް”ވެސް ހިމޭނޭއިރު އޭނާއަކީ ރާއްޖޭގައި ރެޕް ކިންގް ގޮތުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ،

2011 ވަނަ އަހަރު ޕެސްޓް ކިޔާފައިވާ ‘ރީތި ކުދިން ފެނި’ މި ލަވައިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ޕެސްޓް އަކީ ސިމްބޮލިކް ރެކޯޑްސްގެ އެންމެ މުހިއްމު އެއް ފަންނާނެވެ. އަދި އަމިއްލަ ރާގުގެ ލަވަތާކާއެކު ދިވެހި ލަވަތަކަށް ބޮޑު އިންގިލާބެއް ގެނުވާފައިވާ ފަންނާނެކެވެ.