English Edition
Dhivehi Edition

އިއްޔެއާ ޖެހެންދެން ލަވަފޮށީގެ އެންމެ ކުރީގައި އުޅުނު މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒް ވައްޓާލުމަށް ފަހު ލަވަފޮށީގެ އެއްވަނަ މަޝްހޫރު ސިމްބޮލިކް ރިކޯޑްގެ އާޓިސްޓް މުހައްމަދު މާހިދު (މާޓު) ހޯދައިފިއެވެ

ސިމްބޮލިކް ރިކޯޑްސް އިން ދާދިފަހުން ނެރުނު ސޯލޯ އަލްބަމް ‘މާރޯކާ’ މި މަހުގެ 19 ވަނަ ދުވަހު “ލަވަފޮށި” އެޕަށް އައުމާ އެކު ގިނަ ބަޔަކުވަނީ މާޓުއަށް ތައުރީފްކޮށްފައެވެ. އަލީ ރަމީޒުގެ އެތައް ސަތޭކަ ލަވަޔަކާ އެކު އޭނާ ލަވަފޮށީގައި ރަސްކަންކުރި ނަމަވެސް މާޓު މި މަގާމު ހޯދާފައި މި ވަނީ އޭނާގެ ވިއްސަކަށް ލަވައާއި އެކުގައެވެ

މާޓުގެ މި ކާމިޔާބީ ސިމްބޮލިކް އާއި އޭނާގެ ސަޕޯޓަރުން ފާހަގަކުރަމުން އަންނަ އިރު މާޓުގެ ކާމިޔާބީ އާއި ބެހޭ ގޮތުން ގިނަ ބައަކު ބުނެފައިވަނީ އަލީ ރަމީޒުގެ ލަވަތަކާ ޚިލާފަށް މާޓުގެ ލަވަތަކަކީ ރެޕް ލަވަ ތަކެއް ކަމުގައި ވިޔަސް އަލީ ރަމީޒް ސްޓައިލްގެ ލަވަތަކަށް ވުރެ ރެޕް ލަވަ މިހާރު މަގުބޫލުވީ ކަމަށެވެ

2016 ވަނަ އަހަރުވެސް ސައުންޑް ކުލައުޑް މެދުވެރިކޮށް ސިމްބޮލިކް ރެކޯޑްސްގެ ލަވަތައް އަޑުއެހި އަދަދު ވަނީ އެއް މިލިއަނަށް އަރާފަ އެވެ.

.