ތަފާތު ސްޓައިލުގެ ދިވެހި ލަވަތައް ގެނެސްދީފައިވާ ސިމްބޮލިކް ރެކޯޑްސްއިން ރާއްޖޭގެ ފުރަތަމަ ދިވެހި ސޯލޯ ހިޕްހޮޕް އަލްބަމް “މާރޯކާ” ރިލީޒް ކުރަން ތައްޔާރުވެއްޖެއެވެ
އަބަދުވެސް ބެލުންތެރިންނަށް ތަފާތު ލަވަތަކެއް ގެނެސްދެމުންދާ ސިމްބޮލިކް ގެ މާރޯކާ ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ބުދަދުވަހުގެރޭ ބާއްވާ ހާއްސަ ޝޯއެއްގައެވެ. ކްލަމް360 ގައި ބާއްވާ މި ޝޯގައި ސިމްބޮލިކްގެ ހުރިހާ އާޓިސްޓުން އެއް ސްޓޭޖަކުން ފެނިގެންދާނެކަމަށް ސިމްބޯލިކް އިންވަނީ ބުނެފައެވެ. މި ޝޯގެ ޓިކެޓް 150 ރުފިޔާއަށް މިހާރު ވިއްކަމުން އަންނައިރު 10 ޓިކެޓްއަށްވުރެ ގިނައިން ޓިކެޓް ނަގާނަމަ ޓިކެޓެއް 100 ރުފިޔާއަށް ލިބޭނެ ކަމަށްވެސް ސިމްބޮލިކް އިންވަނީ ބުނެފައެވެ
ސިމްބޯލިކް އިން ބުނެފައިވަނީ މި އަލްބަމް ރިލީޒް ކޮށްދޭނީ ރާއްޖޭގައި މިވަގުތު ހުރި އޮރިޖިނަލް މިއުޒިކަށް ތާއީދުކުރާ އެންމެ ސީނިއަރ އެއް ފަންނާނުކަމަށާއި އެއީ ކޮން ފަންނާނެއްކަން އެގިގެންދާނީ ޝޯގެ ތެރެއިން ކަމަށެވެ.
މާސްޓަޕީސް” އަލްބަމެއްގެ ގޮތުގައި ސިމްބޮލިކްއިން ސިފަކުރާ މި އަލްބަމްގެ ލަވަތައް ކިޔާފައި ވަނީ ސިމްބޮލިކްގެ އާޓިސް، މާޓު އެވެ.މީގެ އިތުރުން ދިވެހި ރެޕް ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވެފައިވާ އިސްމާއިލް އިފްހާމް (ފެސްޓް)ގެ އިތުރުން ރައިޑޭ އާއި އިތުރު އަންހެން ފަންނާނަކުވެސް ވަނީ ފީޗަރ ކޮށްފައެވެ.ލޯތްބާއި، ބިރުވެރިކަމާއި، ސިޔާސީ ކަންކަމާއި، އިޖުތިމާއީ މައްސަލަތައް ފަދަ އެކި މައުލޫޢުތަކަށް ތައްޔާރުކޮށްފައިވާ ލަވަތައް ހިމެނޭ މި އަލްބަމްގެ ދެ ލަވައެއް އަލްބަމްގެ ޕްރޮމޯޝަނަލް ލަވައިގެ ގޮތުގައި މިހާރުވަނީ އާންމުންނާއި ހަމައަށް ގެނެސްދީފައެވެ