ސްޓާޕްލަސްއިން ދައްކަމުންއަންނަ ރިއަލިޓީ ޝޯވް ނަޗްބަލިޔޭ 9 ގައި މިދިޔަ ހަފްތާގެ ވައިލްޑްކާޑް އެންޓްރީ, ޕޫޖާ ބަނާޖީ އާއި އޭނަގެ ފިރިމީހާ އެޝޯވް ދޫކޮށްލައިފި އެވެ.
ޕޫޖާގެ ފިރިމީހާ އާހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައި ވާގޮތުގައި، އެޝޯވް ދޫކޮށްލަން ޖެހުނީ ވައިލްޑް ކާޑް އެންޓްރީގައި ކާމިޔާބްވެ ދެވަނަ ހުށަހެޅުމަށް ތައްޔާރުވާާން ރިހާސަލް ހަދަމުން ދަނިކޮށް ޕޫޖާ ވެއްޓި އޭނަގެ އަތާއި ފައިބިންދައިގެން ދިޔުމުގެ ސަބަބުންނެވެ.
“ޕޫޖާ ވެއްޓުނީ އަހަރެންގެ ކޮނޑުމަތީގައި ކޮއްޅަށް ހުރެ ނަށަން އުޅުމުގެތެރޭގައި 10 ފޫޓް މަތިން ވެއްޓި. އޭނަ ވެއްޓިގެން ދިޔައިރު އަހަރެމެންގެ ކްރެއޮގްރާފާ އަށް ކޮންމެވެސް ވަރަކަށް ޕޫޖަގައިގައި ހިފުނު. ނަމަވެސް ވެއްޓިގޮސް ދެއަތް ބިންމަތީގައި ވިދުމާއި ގުޅިގެން އަތުގެ ކުޑަހުޅުގައި ވަނީ ރެނދުލާފައި” ޕޫޖާގެ ފިރިމީހާ ސަންދީޕް ބުންޏެވެ.
ޕޫޖާއަށް ވެއްޓި ލިބުނުއަނިޔާ އަށް މިހާރު ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދާއިރު އޭނަގެ ފައިގެ ސާޖަރީއެއް ހަދައި ހޮސްޕިޓަލުން އެއްކޮށް ދޫކޮށްލާނީ 2 ހަފްތާފަހުން ކަމަށްހަބަރުތައްބުނެއެވެ. އަދި ޕޫޖާ އަލުން ނެށުމުގެ ހުއްދަލިބޭނީ 8-6އަށް ހަފްތާފަހުން ކަމަށް ޑޮކްޓަރު ވަނީ ބުނެފައެވެ.
އުމުރުން 27 އަހަރުގެ ޕޫޖާ 30 އަހަރުގެ ފެތުންތެރިޔާއާއި ކައިވެނިކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. މިހާދިސާ އަށްފަހު ޕޫޖާ ބުނެފައިވަނީ ނަޗްބަލިޔޭގައި އެ ދެމަފިރިންނަށް، ނަށަން ލިބުނުފުރުސަތު ގެއްލިގެން ދިޔުމަކީ އެދެމަފިރިން ވަރަށް ހިތާމަކުރާ ކަމެކެވެ.
ޓެލެވިޜަން އެކްޓްރެސް ޕޫޖާ މިހާރު ފެނިގެން ދަނީ ސްޓާޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޑްރާމާ “ކަސޯޓީ ޒިންދަގީ ކޭ” އިންނެވެ..
ފަޔަށް ލިބުނުގެއްލުމެއްގައި މަޝްހޫރު ނެށުންތެރިޔާ ފައިޒަލް ޚާން އާއި އޭނަގެ ލޯބިވެރިޔާ ވެސް ވަނީ މިޝޯވް ދޫކޮށް ގޮސްފައެވެ. ފައިޒަލް އަށް އަނިޔާވެފައި ވަނީ، ޗަންދްރަގުޕްތާ މައުރިޔާ ސެޓްގައި އަސް ދުއްވަނިކޮށެވެ