English Edition
Dhivehi Edition

ސްޓާ ޕްލަސްގެ މަޝްހޫރު ޑްރާމާ ‘ނާމް ކަރަން’ އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބަރްކާ(އައިޝާ މެހެތާ) ޝަހީރް ޝެއިޙް އާއި އެކު މަސައްކަތް ކުރަން ބޭނުން ނޫންކަމުގައި ބުނެފިއެވެ

ބޮލީވުޑްގެ މަޝްހޫރު ކްލެސިކް ފިލްމު ‘މުގަލް އި އާޒަމް’ގެ ވާހަކައިގެ މައްޗަށް އުފައްދާ ޑްރާމާގައި ޝަހީރް ފެނިގެންދާނީ ސަލީމްގެ ރޯލުންނެވެ. ޝަހީރްގެ މަންމަ ޖޯދާބައި ގެ ރޯލު ބަރްކާއަށް ހުށަހަޅާފައިވާއިރު ބަރްކާވަނީ އެ ރޯލު ކުޅެން ބޭނުން ނޫންކަމަށް ބުނެފައެވެ. ބަރްކާ އެ ޑްރާމާ ކުޅުމަށް ފުރަތަމަ އެއްބަސްވެފައިވީ ނަމަވެސް ފަހަން އޭނާ ވަނީ ޝަހީރްގެ މަންމަގެ ރޯލު ނުކުޅޭނެ ކަމުގައި ބުނެފައެވެ. “އަހަންނަށްވުރެ 04 އަހަރު ކުޑަމީހެއްގެ މަންމައެއްގެ ރޯލު ކުޅެން އަހަރެން ބޭނުމެއް ނޫން. އަހަންނާ އުމުރުގެ ގޮތުންވެސް މާ ބޮޑު ތަފާތެއް ނެތް. އެހެންވީމަ އަހަރެން ގަބޫލުނުކުރަން އަހަންނަށް ޝަހީރްގެ މަންމަގެ ރޯލު އެންމެ ފުރިހަމައަށް ކުޅެވޭނެކަމަށް”ބަރްކާ ބުނެފައިވެއެވެ

މީގެ ކުރިންވެސް މަންމަގެ ރޯލުން ފެނިފައިވާ ބަރްކާ މިހާރު ކުރަމުންދާ މަސައްކަތަކީ ސަބް ޓީވީން ދައްކާ ޝްރިމާން ޝްރިމަތީ ޕަރްސޭގެ މަސައްކަތެވެ. ޝަހީރް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ކުޗްރަންގް ޕޔާރްކީ އެއިސާބީ އިންނެވެ