English Edition
Dhivehi Edition

ރައީސް މައުމޫނު އަބްދުލްޤައްޔޫމަކީ އަދިވެސް ޕީޕީއެމްގެ ރައީސްކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫންގެ އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ

ރައީސް މައުމޫނުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތާއި މެދު އޮޅުން އަރާގޮތަށް އެކި ބޭފުޅުން އެކި ފޯރަމްތަކުގައި ވާހަކަ ދައްކަމުން ގެންދާ ކަމުގައެވެ. އަދި އެމަނިކުފާނު އެ މަގާމަށް އިންތިހާބުވީ 2013 ވަނަ އަހަރު ބޭއްވި ޕީޕީއެމްގެ ފުރަތަމަ ގައުމީ ޖަލްސާގައި އެ ޕާޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން 5 އަހަރުގެ ދައުރަކަށް ކަމަށާއި ޕާޓީގެ ރައީސް މަގާމުން ވަކިކުރެވޭނެ ގޮތް ވަރަށް ސާފުކޮށް ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެ ގޮތަކީ ރައީސްގެ އިތުބާޜު ނެތްކަމުގެ ވޯޓު ޕާޓީގެ ގައުމީ ޖަލްސާގެ ތިންބައިކުޅަ ދެ ބައިގެ އަޣުލަބިއްޔަތު ލިބިގެން ކަމަށެވެ. އަދި ޕީޕީއެމްގެ ގައުމީ ޖަލްސާއިން މިހާތަނަށް އެފަދަ ނިންމުމެއް ނިންމާފައިވާ ނުވާކަމަށާއި އެހެންކަމުން ޕީޕީއެމްގެ ރައީސަކީ މައުމޫން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ޕީޕީއެމް އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ރައީސް މައުމޫނު ކަމަށާއި ޕީޕީއެމް ވަރުގަދަ ސިޔާސީ ޕާޓީއަކަށް ހަދައި އެޕާޓީއަށް އެންމެ ބޮޑެތި ކާމިޔާބުތަކެއް ލިބިފައިވަނީވެސް ރައީސް މައުމޫނުގެ ލީޑަރޝިޕްގެ ދަށުންކަމަށް އެ ބަޔާނުގައި ވެއެވެ.

ރައީސް މައުމޫން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ކުރާ ތާއިދު އަނބުރާ ގެންދެވުމާއެކު ޕީޕީއެމްގައިވަނީ ދެ ފެކްޝަނެއް އުފެދިފަ އެވެ. ރައީސް މައުމޫން މިހާރު އަންނަނީ އިދިކޮޅު ފަރާތްތަކާއި ގުޅިގެން މި ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.