ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ގިނަ އަންހެން ކަނބަލުން ބައިވެރިވެގެން ކުރިއަށްގެންދާ މާރސް އަށް ދިޔުމުގެ ފުރަތަމަ ދަތުރު ފަށައިފިއެވެ.
307މިލިއަން މޭލުގެ, 7 މަހުގެ ދިގު ދަތުރު އެ ގައުމުގެ އަންހެން ކަނބަލުން ފަށާފައިވަނީ މި ހިނގާ ފެބްރުއަރީ މަހު 9ވަނަދުވަހުއެވެ.
މިއާއި އެކު ޔޫއޭއީ ވެގެންދާނީ މާރސް އަށް ދަތުރުކުރި، 5ވަނަ ޖައްވާއި ބެހޭ އިދާރާއަކަށެވެ. އަދި މިއީ އަރަބި ގައުމަކުން އަންހެނަކު އިސްނަައިގެން ހިންގި ފުރަތަމަ ދަތުރެވެ.
ގާތްގަނޑަކަށް 200 މިލިއަން ޑޮލަރުގެ ހަރަދާއިއެކު ހިންގާ އެމިރޭޓްސް މާރސް މިޝަންގެ ޖައްވަށް ދަތުރުކުރާ އުޅަނދު، “ހޯޕް ޕްރޯބް” ޖައްވަށް ދޫކޮށްފައިވަނީ ޖަޕާންގެ ޖައްވާއި ބެހޭ އިދާރާއަކުންނެވެ.
މި މިޝަންގައި އިސްވެހުރި އަމީރީ ބުނީ، އެމިރޭޓްސްގެ ސްޓޭޓްފޯ އެޑްވާންސް ސައިންސެސް އަދި ޔޫއޭއީ އަށް މާރސްގެ ތިމާވެއްޓާއި، ޖައްވާއި، ފިނިހޫނުމިނާއި ގުޅޭހޯދުންތައް، މޫސުމީ އަދި ދުވަހުން ދުވަހަށް އަންނަ ބަދަލްތަކުގެ އަލީގައި ދިރާސާކުރެވޭނެ ކަމަށެވެ. “މިއީ މާރސްގައި ގާއިމްކުރެވޭ ފުރަތަމަ މޫސުމީ ސެޓެލައިޓް ކަމުން ދުނިޔެއާއި އެއްވައްތަރުގެ ސިފަތަކެއް ހުންނަ މިޕްލެނެޓްގެ ހުންނަ ޖައްވީ ސިފަތަކާއި، ފިނިހޫނު މިނަށް އަންނަ ބަދަލުތައް ދަނެގަތުމަށް ފަސޭހަވެގެންދާނެ” ޑަބްލިޔު.ޑީ އަށް މައުލޫމާތު ދެއްވަމުން އަލް-އަމީރީ ވިދާޅުވިއެވެ.
އަލް-އަމީރީ ވިދާޅުވިގޮތުން ޔޫއޭއީގެ މާރސް މިޝަންގައި ހަރަކާތްތެރިވާ ޓީމްގައި ގިނައަދަދަކަށް އަންހެން ކަނބަލުން ހިމެނިގެންދާނެއެވެ. “އަހަރެމެންގެ ސައިންސްވެރިންގެ ޓީމްގައި ހިމެނިގެންވަނީ 80 އިންސައްތަ އަންހެނުން، އެކަނބަލުން ހޮވާފައިވަނީ އެކަނބަލުން ހާސިލްކޮސްފައިވާ ކާމިޔާބީތަކާއި، މިޝަން ތަރައްގީ އާއި ޑިޒައިނަށް އެމީހުންގެ ފަރާތުން ލިބިފައިވާ ކުރި އެރުމަށް ބަލާފައި” އަލް-އަމީރީ ވިދާޅުވިއެވެ. އަދި އަހަރެންގެ ތަޖުރިބާ އަށްބަލާއިރު ސްޕޭސް ސެންޓާގައި 12 އަހަރު މަސައްކަތްކޮށް، ކެބިނެޓްގެ ވަޒީރަކަށް ވުމާއި ހަމައަށް އަހަރެންގެ ކެރިއާގައި ބޮޑެތި ގޮންޖެހުންތަކާއި ބައެއްގެ ނުރުހުމާއި ކުރިމަތިލާންޖެހިފައި ނުވޭ. އަމީރީ އިތުރަށް ފާހަނގަ ކުރެއްވިއެވެ.
މިޓީމުން ބުނާގޮތުގައި އެމީހުންގެ އަމާޒަކީ 2117ވަނަ އަހަރާއި ހަމައަށް މާރސްގައި އުޅެވޭނެ މަގުފަހި ކުރުމެވެ. އަދި މި މިޝަންއަކީ ޔޫއޭއީގެ ސައިންޓިފިކް އަދި ޓްކްނޮލޮޖީގެ ގާބިލިއްޔަތު ފުޅާކޮށް ތެލުގެ މައްޗަށް ބަރޯސާވެފައިވާ އިގްތިސާދު މުއްސަނދި ކުރުމުގެ މަސައްކަތުގެ ތެރެއިން ހިންގާ ޕްރޮޖެކްޓެއް ކަމަށް ބުނެއެވެ. އަދި ޔޫއޭއީގެ މި އުންމީދަކީ މި ޕްރޮގްރަމްގެ ތެރެއިން އެގައުމަށް މުސްތަގުބަލްގައި ޖައްވީ ހޯދުންތަކުގެ އަލީގައި އިގްތިޞާދުގެ ދާއިރާތައް ފުޅާކުރުން ކަމަށް ބުނެއެވެ.
އެހެން ނަމަވެސް މިޓީމްގެ މަސައްކަތަށް ބެއްލެވުމަށްފަހު ޔޫއޭއީގެ ނައިބްރައީސް ޝެއިހް މުހައްމަދު ބިންރާޝިދު އަލްމަކްތޫމްވަނީ މާރސްގެ އޯރބިޓް ތެރެއަށް ވަނުމުގެ މިމަސައްކަތް ފެއިލްވެދާނެ ކަމުގެ %50 ފުރުސަތު އޮވެދަނެކަމަށް ވިދާޅުވެފައެވެ. “މާރސްގެ އޯރބިޓް ތެރެއަށް ނުވަދެވުނަސް އަހަރެމެން މިވަނީ ތާރީހުގެ ސަފްހާތަކުގައި އަހަރެމެންގެ ނަންލިޔެފައި. މިއީ ދުނިޔޭގެ ތާރީހުގައިވެސް އަރަބި ގައުމަކުން އެންމެ ދުރު ހިސާބަކަށް ދިޔަ ފުރަތަމަ ފަހަރު. އަހަރެމެންގެ އުންމީދަކީ ހުރިހާ އަރަބިންނަށް ވެސް އަހަރެމެންނަށް ދުނިޔޭގެ އެހެން ބާރުގަދަ ގައުމުތަކާއި ވާދަކުރެވޭނެކަން ދައްކައި ދިނުން” އޭނާ އިތުރަށް ވިދާޅުވިއެވެ.
ޔޫއޭއީގެ މިމަސައްކަތާއެކު މިހާރު އެމީހުން ފާހަނގަ ކުރަން ތައްޔާރުވަނީ އެގަމުގައި އުފައްދާ އުފެއްދުންތަކަށާއި އިނގިރޭސިވިލާތުގެ ދަށުން މިނިވަންކަމަށް އައިތާ 50 އަހަރުފުރުމަށެވެ. ޗައިނާ އަދި އެމެރިކާގެ ނާސާވެސް ވަނީ ޔޫއޭއީގެ މާރސް މިޝަން، ޖުލައިގައި ފެށުނުތާ މާގިނަދުވަހެއްނުވެ މާރސް މިޝަންތައްފަށާފައެވެ.