English Edition
Dhivehi Edition

އިޒްރޭލާ ގުޅުން ގާއިމްކުރުމުގެ ޝަރުތަކީ ބައިނަލްއަގުވާމީ އެއްބަސްވުންތަކާ އެއްގޮތަށް ފަލަސްތީނަށް ސުލްހަ ލިބުން ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.

ސައުދީ ޝާހީ އާއިލާގެ އިސް މެމްބަރެއް ކަމަށްވާ ޕްރިންސް ތުރުކީ ބިން ފައިސަލް ވިދާޅުވީ ސައުދީން ގުޅުން ގާއިމު ކުރާނީ އިސްރާއީލުން އެއަށް ވުރެ ބޮޑު އަގެއް ދެއްކުމުން ކަމަށެވެ. އެއީ ކުރީގެ ރަސްގެފާނު އަބްދުﷲ ހުށަހެޅުއްވި ގޮތަށް، ފަލަސްތީނުގެ ވެރިރަށަކީ ގުދުސް ކަމަށް ނިންމައި، އެއީ މިނިވަން ދައުލަތަކަށް ހެދުންކަމަށް ތުރުކީ ބިން ފައިސަލް ވަނީ ވިދާޅުވެފައެވެ. “އެކަންތައް ހާސިލްވުމުން އެހެން ހުރިހާކަމެއް ހައްލު ވާނެ” ތުރުކީ ބިން ފައިސަލް ވިދާޅުވިއެވެ.

ސައުދީ އަރަބިއާއިން މިހެން ބުނެފައިވާއިރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންވަނީ މިދިޔަ ހަފުތާގައި އިޒްރޭލާ އެކު ގުޅުން ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އިސްރާއިލުން ވަނީ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރި ކޮށްފައިވާ ސަރަހައްދުތައް އިސްރާއީލުގެ ބަޔަކަށް ހެދުމުގެ ރޭވުންތައް މަޑުޖައްސާލައިފަ އެވެ. ޔޫއޭއީގެ މި ނިންމުމާއި ގުޅިގެން ފަލަސްތީނުގެ ލީޑަރުން ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.