English Edition
Dhivehi Edition
  1. ގއ. ކަނޑުހުޅުދޫ އަންހެން މީހަކު ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

ގއ. ކަނޑުހުޅުދޫ ހޯމް ކަރަންޓީނުގައި ތިބި ފަރާތްތަކެއް ބަލީގެ އަލާމާތްތަކެއް ފެނިގެން ނެގި 02 ސާމްޕަލް ތެރެއިން 01 ސާމްޕަލްގެ ނަތީއްޖާ ކޮވިޑް 19 އަށް ފައްސިވެފައިވާ ކަން ކަނޑުހުޅުދޫ ހެލްތު ސެންޓަރުން ވަނީ އޭ.އޯ ނިއުސް އަށް ކަށަވަރު ކޮށްދީފައެވެ.

މި މަހުގެ 04 ވަނަ ދުވަހު ހޯމް ކަރަންޓީނަށް އައި ޖުމްލަ 04 ފަރާތެއްގެ ތެރެއިން 02 ފަރާތެއް ބަލީގެ އަލާމާތްތަކެއް ހުރުމާއެކު މި މަހުގެ 08 ވަނަ ދުވަހު ނެގި ސާމްޕަލްގެ ތެރެއިން 01 ސާމްޕަލްގެ ނަތީއްޖާ ފައްސި ވުމާއި ގުޅިގެން މިހާރު އެ ފަރާތާއި އެކު ހޯމް ކަރަންޓީނުގައި ތިބި އިތުރު މީހުންގެ ސާމްޕަލް ނަގައި ކޮންޓެކްޓް ޓްރޭސިންގ މަސައްކަތް ކުރަމުންދާކަމަށް ކަނޑުހުޅުދޫ ހެލްތު ސެންޓަރުން މަޢުލޫމާތުދެއެވެ.

އަދި މީގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނޭ ކަމަށާއި 04 ފަރާތުގެ ވެސް ހޯމް ކަރަންޓީނުގެ މުއްދަތު މިއަދުން ފެށިގެން 14 ދުވަހަށް އިތުރުކުރެވިފައިވާ ކަމަށްވެސް ކަނޑުހުޅުދޫ ހެލްތު ސެންޓަރުން މަޢުލޫމާތުދެއެވެ.