English Edition
Dhivehi Edition

“ގއ. ކަނޑުހުޅުދޫ ކައުންސިލް ޤުރްއާން މުބާރާތް 2023” ގައި ބައިވެރިވުމުގެ ފުރުސތު ކަނޑުހުޅުދޫގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުވާލައިފިއެވެ.

ކަނޑުހުޅުދޫ ކައުންސިލުން ކުރި އިއުލާނުގައި ބުނީ މި މުބާރާތަކީ ކީރިތި ޤުރުއާނަށް ލޯބި ޖައްސަވައި މިރޮގުން ގިނަބަޔަކު އަހުލުވެރި ކުރުމުގެ މަގުސަދުގައި ކައުންސިލްއިން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެއް ކަމަށެވެ. އަދި މި މުބާރާތުން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން 11 ޖޫން 2023 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން އެ އިދާރާއަށް ފޯމު ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.

ހަ އުމުރުފުރާއަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 15 ޖޫން 2023ގައެވެ.