English Edition
Dhivehi Edition

މިއަހަރުގެ ފަނޑިޔާރުންގެ ޤައުމީ މަހާސިންތާ އިއްޔެ ބަނޑޮސް އައިލެންޑް ރިސޯޓްގައި ފަށައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ދަޢުލަތުގެ ބަންޑާރަނާއިބާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގެ މެމްބަރުން ބައިވެރިވެ ވަޑައިގަންނަވާ މި މަހާސިންތާ ފަށްޓަވައި ދެއްވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދެވެ. މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރާއްޖޭގެ ޝަރުޢީ ނިޒާމް ޚަރުދަނާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ. އެގޮތުން ސިވިލް ކޯޓުގައި މިހާރު ޤާއިމްކޮށްފައިވާ ޑިސްޕިއުޓް ރިޒޮލިއުޝަން ނުވަތަ ޝަރީޢަތަކާ ނުލައި މައްސަލަތައް ޙައްލު ކުރުމުގެ ނިޒާމުގެ ސަބަބުން ވަރަށް ބޮޑަށް ފަސޭހަވެގެން ގޮސްފައިވާކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މިއަހަރުގެ މަހާސިންތާ ޚާއްސަ ކޮށްފައިވަނީ ޖުވެނިއަލް ޖަސްޓިސްގެ ނިޒާމް ހަރުދަނާ ކުރުމާއި އެކަންކަމާ ގުޅޭ ގޮތުން ޚިޔާލު ބަދަލުކުރުމަށެވެ. ޖުވެނިއަލް ޖަސްޓިސްއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކުޑަކުދިން ކުށްތަކަށް އަރައިގަތުން ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށެވެ.

މި ރަސްމިއްޔާތުގައިވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއާ ޖުޑީޝަލް އެކަޑަމީއާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމަކީ، ޝަރުޢީ ދާއިރާ ހަރުދަނާ ކުރުމުގެ ގޮތުން ސޮއިކުރެވިގެން ދިޔަ އެއްބަސްވުމެކެވެ.

ޓެގު