English Edition
Dhivehi Edition
އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސަރުކާރުގެ ސްކޫލްތަކަށް ހަދިޔާކުރުމަށް 20،000 މުސްޙަފު ހަވާލުކުރައްވަނީ - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ހިންގާ ސްކޫލްތަކަށް ހަދިޔާ ކުރުމަށް، މިއަދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން 20000 މުސްޙަފު ހަވާލުކުރައްވައިފިއެވެ.

މި މުޞްޙަފްތައް މިއަދު އެޑިއުކޭޝަން މިނިސްޓްރީ އާއި ޙަވާލުކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، އަޙްމަދު ޒާހިރު ޢަލީ އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މުޞްޙަފުތަކާއި ހަވާލުވެވަޑައިގަތީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ. މި މުޞްޙަފުތަކަކީ ސުކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންކުރުމަށް ހަދިޔާކުރެވުނު މުޞްޙަފުތަކެކެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން އަބަދުވެސް ދިވެހި ރައްޔިތުންނަށް އަންނަނީ މުޞްޙަފު ހަދިޔާކުރަމުންނެވެ. މިގޮތުން މިވަގުތުވެސް މިނިސްޓްރީގެ ފަރާތުން ކީރިތި ޤުރުއާނުގެ އިނގިރޭސި ތަރުޖަމާ އަދި މުޞްހަފު ލިބިލައްވާނެކަމުގައި މިނސްޓްރީން މަޢުލޫމާތުދެއްވައެވެ.