English Edition
Dhivehi Edition
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާންޑެންޓްގެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ޝަރީފް ޢައްޔަނުކުރައްވަނީ - ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާންޑެންޓްގެ މަޤާމަށް ބޭފުޅަކު ޢައްޔަނުކުރައްވައިފި އެވެ.

އެ މަޤާމަށް މިއަދު ޢައްޔަނުކުރައްވާފައި ވަނީ ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ޝަރީފެވެ. އެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ޝަރީފް ޢައްޔަނުކުރައްވައި މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވީ ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އެވެ.

މިއަދު އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.