ދިވެހިރާއްޖޭ ވައިގެ ސިފައިންގެ ސާޗް އެންޑް ރެސްކިއު ފުރަތަމަ އޮޕަރޭޝަން ކާމިޔާބު ކަމާއެކު ނިންމައިލައިފިއެވެ.
މި އޮޕަރޭޝަން ރޭ ފަށާފައިވަނީ މ. މަޑުއްވަރީން ތިން މީހުންނާއެކު މަހަށް ނުކުތް “ފަހަރި 2” ނަމަކަށް ކިޔާ މަސް ދޯންޏެއް ގެއްލިގެންވެ.
އިއްޔެ ހަވީރު މ. މަޑުއްވަރިން ދޯންޏެއްގައި މަހަށް ދިޔަ 3 މީހުންގެ ހަބަރެއްނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑް ހާބާ ކްރާފްޓް 114 ލޯންޗު އިން އެ މަސައްކަތް ފަށާފައިވަނީ ރޭގެ 23:20 ހާއިރުއެވެ.
އެ މީހުން ހޯދުމުގެ މަސައްކަތް ފެށި އޮޕަރޭޝަނުގައި އެމްއެންޑީއެފްގެ ޔޫއޭވީ އުޅަނދުގެ އިތުރުން ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ވެސް ބޭނުންކޮށްފައިވeއެވެ.
އެ ދޯނި ކަނޑުމަތިން ހޯދުމަށް 24 ގަޑިއިރުވެސް ހޭދައެއް ނުވެއެވެ. ދޯނި ފެނުނުކަން އިއުލާނުކޮށްފައިވަނީ މިއަދު ހަވީރު 16:32 ހާއިރުއެވެ.
“ދޯނި ފެނުނީ މ. ރަތްމަންދޫގެ 23 ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓިފައިވަނިކޮށް. ދޯނި ފެނުނުއިރު އޭގައި ތިބި ތިން މީހުންގެ ހާލުވެސް ރަނގަޅު,” -އެމްއެންޑީއެފް-
ތުރުކީން ދިވެހިރާއްޖެއަށް ގަތް “ބައިރަކްތާރު ޓީބީ2” ޑްރޯން ދިވެހި ސިފައިން ބޭނުންކުރަން ފަށާފައިވަނީ މި އަހަރުގެ, މާޗު މަހުގެ 15 ވަނަ ދުވަހުއެވެ.
މި ޑްރޯން އަކީ 27 ގަޑިއިރަށް ވުރެ ގިނަ އިރު 25،000 އަށް ވުރެ ފޫޓު މަތިން އުދުއްސޭ އުޅަނދެކެވެ. އެންމެ ޒަމާނީ އަސްކަރީ އަދި މުވާސަލާތީ އާލަތްތައް ހުރެ އެވެ. ދިގުމިނުގައި ހަ މީޓަރު، ފިޔަގަނޑުގައި 12 މީޓަރު ހުރެ އެވެ. ގާތްގަނޑަކަށް 700 ކިލޯގެ ފުލީ އޮޓޮމޭޓަޑް މި އުޅަނދުގައި މުވާސަލާތީ ހިދުމަތްތަކުގެ ރޭންޖު 300 ކިލޯމީޓަރާ ހަމައަށް ހުރެ އެވެ. މި ޑްރޯން އަކީ 70 އާއި 120 ނޮޓުގެ ސްޕީޑުގައި ދުއްވުމުގެ ގާބިލުކަން ދީފައިވާ ޑްރޯން އެކެވެ.
ބައިކާރުން ދުނިޔޭގެ ބޭރުގެ ގިނަ ގައުމުތަކަށް ސަޕްލައިކޮށްފައިވާ ޑްރޯންގައި ލޭޒާ ގައިޑަޑް މިސައިލް ހަރުކުރުމުގެ ގާބިލުކަން ވެސް ވަނީ ގާއިމުކޮށްފަ އެވެ. މިގޮތުން، މި ޑްރޯންގެ ޕޭލޯޑް ކެޕޭސިޓީއަކީ 150 ކިލޯ އެވެ.