English Edition
Dhivehi Edition

ވިލިނގިލި ކޮވިޑް ފެސިލިޓީގައިފަރުވާ ދެމުން ދިޔަ ހައިރިސްކް މީހަކު މިއަދު ނިޔާވެއްޖެއެވެ.

ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ އުމުރުން 77 އަހަރުގެ ގއ. ދެއްވަދޫ، އުތުރުގެ، ތުއްތު އިބްރާހިމް، އެވެ. މިއީ ކޮވިޑްގައި ރާއްޖެއިން މަރުވި 56 ވަނަ މީހެވެ.

މިއީ ރާއްޖެ ތެރޭގައި މި ބަޔަށް ފަރުވާދެމުން ދަނިކޮށް މާލެއިން ބޭރު ރަށެއްގައި ނިޔާވި ފުރަތަމަ މީހާގެ އިތުރުން މިއީ ކޮވިޑް19 ބަލީގައި މި އަހަރު ތެރޭގައި ރާއްޖެއިން ނިޔާވި 8 ވަނަ މީހާއެވެ.

މިއަދު ނިޔާވި 77 އަހަރުގެ މީހަކީ ދެއްވަދޫ ކްލާސްޓަރ ގުޅުންހުރި އަދި ދެއްވަދޫ އަށް ނިސްބަތްވާ މީހެކެވެ. އަދި އެ މީހާ އަކީ ދެއްވަދޫއިން ކޮވިޑް ޖެހިގެން މިދިޔަ މަހުގެ 13 ވަނަ ދުވަހު އެ ރަށަށް ގެނައި ބަލި މީހެއް ކަމަށާއި އޭނާ އަކީ ސްޓްރޯކެއް ޖެހުމުގެ ސަބަބުން އެނދުމަތީގައި އޮންނަތާ ވަރަށް ގިނަ ދުވަސްވެފައިވާ މީހެއް ކަމަށް ވިލިނގިލީ ހޮސްޕިޓަލް އިން ބުނެއެވެ.

ރާއްޖޭގައި ކޮވިޑް19 ހަލުވިކަމާއެކު ފެތުރެމުން އަންނައިރު، ފަހަކަށް އައިސް ދުވާލެއްގެ މައްޗަށް ބައްޔަށް ފައްސިވާ މީހުންގެ އަދަދު 100 އަށް ވުރެ މަތި ކަމަށް ފާހަގަކޮށްލެވެ އެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުން ދާ މީޙުންގެ އަދަދު 200 އަށްވުރެ މައްޗަށް އަރައެވެ.

މި އަހަރު ފައްސިވާމީހުންގެ އަދަދު އިތުރުވަމުން އަންނަ އިރު ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދުތައް ވެސް ދަނީ އިތުރުވަމުންނެވެ. މިހާތަނަށް ރާއްޖޭގައި 16909 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވެއެވެ.