English Edition
Dhivehi Edition

ދުނިޔޭގެ ނަން މަޝްހޫރު ލަތާފާ ބްރޭންޑްގެ ޔާރާކެންޑީ، ކައިލާން ޓްރެންޑްސްގެ ރެކުތަށް ފުރާލައިފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޝްހޫރު ލަތާފާ ބްރޭންޑަކީ މިހާރު މެދުއިރުމަތިން ފެށިގެން ގޮސް ދުނިޔޭގެ 50ށް ވުރެން ގިނަ ގައުމުތަކެއްގައި މަޝްހޫރުކަން ހޯދަމުންދާ “ހޮޓް” ޕްރޮޑަކްޓެކެވެ. މީސް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން އެކި ތަންތަނުގައި މި ސެންޓް ޕްރޮމޯޓްކުރަމުންދާއިރު، މިއީ ޔޫއޭއީގެ ބްރޭންޑެކެވެ. އަދި، މިއީ އެ ގައުމުގެ ޑުބާއީގެ އޮރިޖިނަލް ވަސްތަކުގެ އެންމެ ބޮޑު ޕްރީމިއަމް ލަގްޒަރީ ސެންޓުކަންވެސް ފާހަގަކޮށްލެވެ.

ދިވެހިންގެ ތެރޭގައި ބޮޑު މަގްބޫލުކަމެއް މި ބްރޭންޑުގެ ސެންޓުން ހޯދައިފައިވާއިރު، ކައިލާން ޓްރެންޑްސްއިން ތައާރަފުކުރި މި ސެންޓަކީ ޔާރާ ފެމިލީއަށް އިތުރުކުރެވުނު މީރު ކެންޑީގެ އުފެއްދުމެކެވެ. މެދުއިރުމަތީގެ އެންމެ ރަނގަޅު ތަކެތިން އުފައްދާފައިވާ މި އުފެއްދުމަކީ މީރު ކެންޑީކުރެވިފައިވާ މޭވާތަކާއި ރަހަ ގަދަ ވެނިލާ ސިރަޕްގެ ހިމެނޭ މޮޅު އުފެއްދުމެކެވެެ. މީގައި، ފެހި މެންޑަރިންއާއި ބްލެކްކަރަންޓް މޭވާގެ ހިމެނޭއިރު ސްޓްްރޯބެރީ ފިޒް ކެންޑީވެސް ހިމެނެއެވެ. މި ތަފާތު މީރުވަހަކީ ރަނގަޅަށް ބެލެންސްކުރެވިފައިވާ އަދި ޕްރީމިއަމް ޕްރޮޑަކްޓްސްއަށް ލޯބިކުރާ ފަރާތްތަކަށް އެންމެ އެކަށޭނެ ބާވަތެކެވެ.

ކައިލާން ޓްރެންޑްސްއިން މި ފަހަރު ގެނައި ސެންޓު މަގުބޫލުކަން ހާމަވެގެންދިޔަ އެއް ސަބަބެއްގެ ގޮތުގައި، ޕްރޮޑަކްޓް ނިއުޔޯކްސިޓީގައި ލޯންޗުކުރުމާއި އެކު 2 ގަޑިއިރު ތެރޭގައި 30،000އަށް ވުރެން ގިނަ ސެންޓް ފުޅި ވިކުނުކަން ފާހަގަކޮށްލެވެއެވެ. މިއީ، ފްރެގްރެންސް ނުވަތަ ސެންޓު ދާއިރާގައި އުޅޭ ގިނަ ބަޔަކު އެ ސެންޓުގެ މަގުބޫލުކަން ފާހަގަކުރާ އެއް ސަބަބެވެ.

2014 ވަނަ އަހަރުން ފެށިގެން ކައިލާން ޓްރެންޑްސްއިން އަންނަނީ ރާއްޖޭގެ މާކެޓަށް ދިވެހިންގެ މަގުބޫލުކަން ހޯދާ ތަފާތު ޕްރޮޑަކްޓްސް ތައާރަފުކުރަމުންނެވެ. އެގޮތުން، ލަތާފާ، މެއިސަން އަލްހާމްބްރާ، އަސްޑަފް އަދި ރޭވް ސެންޓަކީ، ހަމައެކަނި ނަމުންވެސް ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ “ހޮޓް” ޕްރޮޑަކްޓްތަކެކެވެ. 10 އަހަރުގެ މި ދަތުރު، ކައިލާންޓްރެންޑްސްއިން އަދިވެސް ދަނީ ފައްކާކޮށް، ދިވެހިންގެ ބޭނުންވާ ޕްރޮކްޑަކްޓް މާކެޓުގެ ހެޔުއަގުގައި ފޯރުކޮށްދިނުމަށް ގިނަ މަސައްކަތެއް ކުރަމުންނެވެ.

މީގެއިތުރުންވެސް، ކައިލާން ޓްރެންޑްސްއިން ލިބެން ހުންނަ ފާހަގަކޮށްލެވޭ ބްރޭންޑުތަކުގެ ތެރޭގައި މިސް ސޯ ޔޫކޭ ގެ ގިނަ ޕްރޮޑަކްޓްއާއި ، އޯރގަނިކްޝޮޕްގެ ގިނަ ޕްރޮޑަކްޓްތަކުގެ އިތުރުން، ވައިސީ ބްރޭންޑް އަދި ނައިލާ ޕާރފިއުމް އެންޑް އައުރާ ޕާރޕިއުމް ޔޫއޭއީގެ ބްރޭންޑްތައް ފާހަގަކޮށްލެވެއެވެ. ކައިލާން ޓްރެންޑްސްއަކީ ދިވެހިންގެ މެދުގައި މަގުބޫލު ވަރަށް ގިނަ ބްރޭޑްތަކުގެ އޮތޮރައިޒް ޑިސްޓްރިބިއުޓާއެވެ.