English Edition
Dhivehi Edition
ޝެރާ ގްރޫވް ބޯޑް ބޭނުން ކޮށްފައިވާ ފާރެއް. -- ފޮޓޯ: ސްޓީލް ހާޑްވެއާ

ކޮންސްޓްރަކްޝަނާއި ހާޑްވެއަރގެ ދާއިރާގައި ރާއްޖޭގެ މަޝްހޫރު އެކި ބްރޭންޑްތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެއް ކަމަށްވާ ސްޓީލް ހާޑްވެއަރއިން ވިއްކާ މަގުބޫލު ޝެރާ ބޯޑުގެ “ގްރޫވް” ބޯޑު ބާޒާރަށް ނެރެފި އެވެ.

ސްޓީލް ހާޑްވެއަރ އިން މުޅިން އަލަށް ތައާރަފް ކުރި ޝެރާ ބޯޑުގެ މި، އާ ޕްރޮޑަކްޓްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާރ އަކީ ވެސް ސްޓީލް ހާޑްވެއާރއެވެ.

ޝެރާގެ އެންމެ ފަހުގެ ޑިޒައިން ކަމަށްވާ “ގްރޫވް” ބޯޑަކީ ސީލިންގ އާއި ފާރު ރީތި ކޮށްލުމަށް ހަމަ އެއްވަނައިގެ އެއްޗެކެވެ. މީގެ އިތުރުން ފިނިޝިން އާއި އިންޓީރިއާ ޑިޒައިނިންއަށް ހާއްސަ މި ބޯޑަކީ ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ފަރުމާ ކޮށްފައިވާ، ތަނުގެ ތެރޭގައި ބޯޑުގެ ވަސް ނުހިފާ، އެތެރެއާއި ބޭރުގެ އަޑު ހިފަހައްޓައިދޭ އަދި ތެތްފިނިކަން ކަނޑުވައިދޭ ބޯޑެކެވެ. މީގެ އިތުރުން ބިންމަތީގައްޔާއި ސީލިންގް އަދި އެތެރެ އާއި ބޭރުގެ ފާރުގައި ވެސް ބޭނުން ކޮށްލެވޭ މި ބޯޑަކީ އަލިފާން ނުހިފާ، ކަތުރުފަނި ނާޅާ ޓާމައިޓް ފްރީ ބޯޑެކެވެ.

އޮރިޖިނަލް ޝެރާ ބޯޑުގެ ހުރިހާ ފީޗާއެއް ޝެރާ ގްރޫވް ބޯޑުގައި ވެސް ހިމެނޭނެ ކަމަށާއި ތަފާތަކީ އަލަށް ތައާރަފް ކުރި ބްރޭންޑުގައި ޑިޒައިން ހުރުން ކަމަށް ސްޓީލް ހާޑްވެއަރ އިން ބުނެއެވެ.

” މި ބޯޑުގައި ޑިޒައިން ހުރި ނަމަވެސް ބޭނުން ވައްތަރެއްގެ ކުލައެއް ބޭނުންކޮށް ކަސްޓައިމައިޒް ކުރެވޭނެ. އަދި މި ބޯޑު ވާނިޝްކޮށް އެމީހަކު ބޭނުން ވައްތަރެއްގެ ވާނިޝަރ އެއްކޮއްލެވޭނެ. މިއީ ވަރަށް ބޮޑަށް ލަކުޑީގެ ޓެކްސްޗާރ އާއި ފީލް ހުންނަ ބޯޑެއް ” ސްޓީލް ހާޑްވެއަރއިން ބުންޏެވެ.

ހޮޓެލް ތަކާއި ރިސޯޓްތަކަށް ޚާއްޞަކޮށްގެން ތައާރަފްކުރި “ގްރޫވް” ބޯޑު ޕްރޮޖެކްޓްސް ތަކަށް ޚާއްޞަ ރޭޓެއްގައި ލިބޭނެ ކަމަށާއި ރީޓެއިލް އަދި ހޯލްސޭލް ކޮށް ސްޓީލް ހާޑްވެއަރ ގެ ހުރިހާ އައުޓްލެޓް ތަކަކުންވެސް މި ބޯޑު ލިބެން ހުންނާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ސްޓީލް ހާރޑްވެއަރ އިން މިހާރު ވިއްކަން ފަށާފައިވާ ޝެރާ ބޯޑަކީ ތައިލެންޑުގެ އުފެއްދުމެކެވެ. އަދި މިއީ އެތަނުގެ އެންމެ މަގުބޫލު އެއް ޕްރޮޑަކްޓެކެވެ.

2005 ވަނަ އަހަރު ހުޅުވި ސްޓީލް ހާޑްވެއަރ އިން ވިއްކާ މަޝްހޫރު ބްރޭންޑްތަކުގެ ތެރޭގައި “ޝެރާ” ފައިބަރ ސިމެންތި ބޯޑާއި، “ނަގޯޔާ” ބެޓެރި އާއި “އާރް އާރް ކޭބަލް” އާއި “ޗިޔޯޑާ” ބޮކި ހިމެނެ އެވެ.

ހާޑްވެއާ އާއި ކޮންސްޓްރަކްޝަން މެޓީރިއަލްސް ރާއްޖެ އެތެރެކޮށް ވިއްކާ ސްޓީލް ހާޑްވެއަރ އިން މިއަހަރު ވަނީ ރާއްޖޭގެ އެންމެ ކުރިއަރާފައިވާ 100 ކުންފުންޏަށް ދޭ އެވޯޑު، “ގޯލްޑް 100″ވެސް ހާސިލް ކޮށްފައެވެ.