ގއ.ދާންދޫގައި މަސައްކަތްކުރަމުން ދިޔަ ބިދޭސީ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ދާންދޫ ކައުންސިލުން މައުލޫމާތުދިން ގޮތުގައި ފައިސަލް ނަމަކަށް ކިޔާ މި ބިދޭސީ މީހާއަކީ ކައުންސިލުން ކުރިއަށް ގެންދާ ކުނި މެނޭޖްކުރުމުގެ ޕްރޮގްރާމަށް ގެނެސްފައި ތިބި ހަތަރު ބިދޭސީންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށާއި އޭނާ ވީނުވީ ތަނެއް ނޭގިގެން ކައުންސިލުން އޭނާ ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށެވެ.
އެރަށު ކައުންސިލަރު ޝަމްހީދު އިބްރާހިމް އިތުރަށް ވިދާޅުވި ގޮތުގައި މިދުވަސްވަރު އެރަށް މޮނީޓަރިންގެ ހާލަތުގައި ބަންދުކޮށްފައި އޮތުމުން އޭނާ ރަށުން ފުރައިގެން ދިޔުމަކީ ދަތިކަމެއް ކަމަށެވެ. އެހެންނަމަވެސް އެރަށުގައި އޭނާ ހުރިކަމެއް އަދި ނެތްކަމެއް ބުނަންނޭގޭ ކަމަށެވެ.