English Edition
Dhivehi Edition
ފޮޓޯ: އެމްޕީއެލް

އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރަމުން ދިޔަ މަޖޫރީއެއްގެ ގައިމައްޗަށް ޓާފް ރޯލެއް ވެއްޓި، އެ މީހާއަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ.

ރޭ އެ ހާދިސާ ހިނގީ މަޖޫރީންތަކެއް ޓާފް ރޯލުތަކެއް އަންލޯޑު ކުރުމަށްފަހު ކެރޭނެއް ބޭނުންކޮށްގެން ރޯލުތައް ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. ކާޕެޓު ރޯލުގެ ދަށުވި މަޖޫރީއަަށް ބޮޑެތި އަނިޔާތަކެއްވެފައިވާއިރު އޭނާއަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗް ގައެވެ. އެމްޕީއެލްގެ އޮފިޝަލު ވިދާޅުވީ، އެ ޓާފް ރޯލު ވެއްޓުނު ގޮތެއް މިހާރު ބަލަމުންދާ ކަމަށެވެ.

ރޭ ޓާފް ރޯލެއް ވެއްޓި މީހަކަށް ބޮޑެތި އަނިޔާތަކެއްވެފައިވާއިރު، މިދިޔަ މަހުގެ ތެރޭގައި ބިއްލޫރި ޕެލެޓެއް ކޮންޓޭނަރަކުން ނެރުމަށް ފޯކް ލިފްޓު ބޭނުންކޮށްގެން މަސައްކަތްކުރުމުގެ ތެރޭގައި ނ. ލަންދޫ ފޭރުގަސްދޮށުގެ، އަބްދުﷲ އާސިމް، 27ގެ ގައިމައްޗަށް ޕެލެޓު ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް އޭނާ ވަނީ ނިޔާވެފައެވެ.