English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުމީދޫ މޮނީޓަރިން އަށް ލުމާއި ގުޅިގެން އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން އެސްޓީއެލް ގެ ދަތުރުތައް މެދުކަނޑާލައިފިއެވެ

އެ މުވައްސަސާއިން ބުނީ 4 ފެބްރުވަރީ 2021 ވަނަ ދުވަހުން ފެށިގެން ސ.ހުޅުދޫމީދޫ މޮނިޓަރިންއަށް ލާފައިވާތީވެ އެޗް.ޕީ.އޭ އިން ވަކިގޮތެއް އަންގަވަންދެން އެސް.ޓީ.އެލް އިން ސ.ހުޅުދޫމީދޫ އަދި ސ.ފޭދޫ އާއި ދެމެދު ކުރަމުންދާ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލެވިފައިވާ ކަމަށެވެ. އަދި ކުރިއަށް ދަތުރުކުރުމަށް ޓިކެޓް ނަގާފައިވާނަމަ ދަތުރުތައް އަލުން ފެށުމުން ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް އެސްޓީއެލް އިން ވަނީ ބުނެފައެވެ

ކޮންމެ ދުވަހަކު ހުޅުމީދޫ އިން ފޭދޫއަށް އަދި ފޭދޫ އިން ހުޅުމީދޫ އަށް ގިނަ އަދަދެއްގެ ބަޔަކު ދަތުރުކަރަމުން އަންނައިރު މިއަދު އެކަނިވެސް 100 އަށްވުރެ ގިނަ މީހުންވަނީ އެސްޓީއެލްގެ ފެރީގެ ހިދުމަތް ހޯދާފައެވެ.