English Edition
Dhivehi Edition

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޕްރިމިއަ ލީގުގެ ޗެމްޕިއަން ޗެލްސީ އާއި ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑުން ފަސޭހަ ކަމާއި އެކު މޮޅުވެ ޗެމްޕިއަންސް ލީގުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ގަރަބާގް އަތުން 5-0 ލަނޑުގެ ބޮޑު ތަފާތަކުން ޗެލްސީ މޮޅުވިއިރު މެންޗެސްޓަރ ޔުނައިޓެޑުން ވަނީ 3-0 ލަނޑުން ބާސެލް ބަލިކޮށްފައެވެ.

ރޭގެ މެޗުގައި ޗެލްސީ އަށް ލަނޑު ޖަހައިދިނީ ފެޑްރޯ ރޮޑްރިގޭޒް އާއި ޑޭވިޑޭ ޒަޕަކޯސްޓާ އާއި ސެޒާ އަޒްޕިލިކުއެޓާ އާއި ބަކަޔޯކޯ އާއި މިޝީ ބަޓްޝުއާއީއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕު ސްޓޭޖްގައި މެންޗެސްޓަރ ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ލީޑު މެޗުގެ 35 ވަނަ މިނެޓްގައި ނަގާ ދީފައިވަނީ ރިކޯޑް ފީއަކަށް ޔުނައިޓެޑް އާއި ގުޅުނު ޕޯލް ޕޮގްބާގެ ބަދަލުގައި ކުޅެން ނިކުތް މޮރުއާން ފެލައިނީއެވެ.
މެޗުގައި ޔުނައިޓެޑަށް ލީޑް ފުޅާކޮށްދީފައިވަނީ މިސީޒަންގައި އެވަޓަންއިން ޔުނައިޓެޑް އާއި ގުޅުނު ލުކާކޫ އެވެ. މެޗުގެ 54 ވަނަ މިނެޓުގައި ލުކާކޫ މި ލަނޑު ޖެހާފައިވަނީ ޔަންޖް ހުރަސް ކުރި ބޯޅައެއް ބޮލުން ގޯލައަށް ފޮނުވައިގެންނެވެ.
މެންޗެސްޓަރ ޔުނައިޓެޑުން މެޗުގައި ކާމިޔާބު ކުރި ތިން ވަނަ ލަނޑު ދެވަނަ ހާފުގައި މާޝިއަލްގެ ބައްދަލު ކުޅުން ނިކުތް ޒުވާން ކުޅުންތެރިޔާ މާކަސް ރަޝްފޯޑްއެވެ.