English Edition
Dhivehi Edition
02 ފެބުރުވަރީ 2021: ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވާޗުއަލްކޮށް ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ކޯވިޑް-19 ގެ ބަލި ފެތުރޭ މިންވަރު ކުއްލިގޮތަކަށް އިތުރުވާން ފެށުމާ ގުޅިގެން، މާލޭ ސަރަޙައްދުގައާއި އަތޮޅުތެރޭގައި އަޅުއްވަމުން ގެންދަވާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝަވަރާކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި، މި ބަލި ފެތުރުން ކުޑަކުރުމަށްޓަކައި މިހާރުން މިހާރަށް އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުވަތަކާ ގުޅޭ މަޢުލޫމާތު ވަޒީރުންނާ ހިއްސާ ކުރެއްވިއެވެ. އަދި މި ފިޔަވަޅުތަކަށް ސަމާލުކަން ދެއްވައިގެން ހުރިހާ އިދާރާތަކުންވެސް ކަންތައްތައް ރާވަމުންގެންދެވުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ކޮންމެހެން ދެއްވަންޖެހޭ ޚިދުމަތްތައްވެސް ކުރިއެކޭ އެއްގޮތަށް ދެއްވުމަށްޓަކައި، ކުރައްވަންޖެހޭ ކަންތައްތަކާ ބެހޭގޮތުންވެސް މިއަދުގެ ޖަލްސާގައި މެންބަރުން ވާހަކަފުޅުދެއްކެވިއެވެ.