English Edition
Dhivehi Edition
ވަޒީރުންގެ މަޖިލިސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓުގެ ހުރިހާ ބޭފުޅުންނަށް ރުހުން ދޭން، އެ މައްސަލަ ދިރާސާކުރާ ، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއިން ފާސްކޮށްފިއެވެ.

މިހާރު ކުރިއަށްދާ ބައްދަލުވުމުގައި ވަޒީރުންނަށް ރުހުންއޮތްތޯ އަހާފައިވަނީ ގަނޑުކޮށެވެ. މިކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒު ހުށަހެޅުއްވުމުން ތާއީދު ކުރެއްވީ ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރ އަހުމަދު ރަޝީދު އެވެ. އެހުށަހެޅުން ފާސްވީ ކޮމިޓީއަށް ހާޒިރުވި ފަސް މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

އެހެންކަމުން ކޮމިޓީގެ މުޤައްރިރުވަނީ 22 މެންބަރުންނަށް ރުހުން ދޭން އެ ކޮޮމިޓީގެ އަޣުލަބިއްޔަތުން ފާސްވެފައިވާކަމަށް އިޢުލާން ކުރައްވާފައެވެ.