ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓުން ރުހުން ނުލިބުނު ތިން ވަޒީރުންނަށް ރުހުން ހޯދަން އަނެއްކާވެސް މަޖިލީހަށް ފޮނުވައިފިއެވެ.
ތިން ވަޒީރުންނަށް ރުހުން ހޯދަން އަލުން މަޖިލީހަށް ފޮނުވާފައިވާކަން އިއުލާނުކުރެއްވީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމެވެ. އަސްލަމް ވިދާޅުވީ މިނިސްޓަރުންނަށް ރުހުން ހޯދަން އަލުން ފޮނުވާފައިވީނަމަވެސް, އެ މައްސަލަ އެޖެންޑާކުރާނީ ފަހުގެ ޖަލްސާއަކަށްކަމަށެވެ.
މިދިޔަ ޖެނުއަރީ މަހު ރައްޔިތުންގެ މަޖިލިހުން ރުހުން ނުދެން ނިންމާފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށާއި، ހައުސިން މިނިސްޓަރު އަލީ ހައިދަރުގެ އިތުރުން ބަންޑާރަ ނައިބު އަހްމަދު އުޝާމަށެވެ.
މަޖިލިހުން ވަނީ ތިން ވަޒީރަކަށް ރުހުން ނުދޭން ނިންމާފަ އެވެ. ނަމަވެސް ހަމަ އެ ދުވަހު ރައީސް ވަނީ އަލުން އެ ތިން ވަޒީރުން އެ މަގާމު ތަކަށް އައްޔަން ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ސަރުކާރުން ހުށަހެޅުމަށް ނިންމާފައިވާ ސައުވީސް ބިލުގެ ލިސްޓު ވެސް މިއަދު މަޖިލީހަށް ސަރުކާރުން ވަނީ ފޮނުވައިފައެވެ.
މިކަން މަޖިލީހަށް އަންގާފައިވަނީ ބަންޑާރަނައިބުގެ އޮފީހުން މަޖިލީހަށް ފޮނުވި ސިޓީއެއްގައި. މަޖިލީސް ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަން ވަނީ އެ ސިޓީ މަޖިލީހަށް އިއްވައި އާންމުކުރައްވާފައެވެ.
މި ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ:
- ބިމުގެ ބިލް
- ބޯހިޔާވަހިކަމުގެ ބިލް
- ރިއަލްއެސްޓޭޓް ވިޔަފާރީގެ ބިލް
- އާބަން ޕްލޭނިން އަދި އާބަން ޑިވެލޮޕްމެންޓްގެ ބިލް
- ނަފްސާނީ ސިއްހަތުގެ ބިލް
- ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ކޮޕީރައިޓާއި އެޔާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ދަތުރު ރާވާ ހިދުމަތް ދިނުމަތް ދިނުމާ ބެހޭ ބިލް
- ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގެ ބިލް
- ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ފޮރިން އިންވެސްޓްމެންޓްގެ ބިލް
- ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީސްއަށް އިސްލާހު ގެނައުމުގެ ބިލް
- ޑިޕްލޮމެޓިކް އިމްތިޔާޒްގެ ބިލް
- ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލް
- ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ވަޒީފާ ގެއްލޭ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލް
- ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާ އިނާޔަތްތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- މީޑިއާ ކޮމިޝަންގެ ބިލް
- ބްރޮޑްކާސްޓްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
.