English Edition
Dhivehi Edition

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާ ކުރީގެ ރައީސް އަބްދުﷲ އިތުރު މައްސަލައެއްގައި ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

ރައީސް ޔާމީނުގެ ގާނޫނީ ޓީމުގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ އަންނަ އަންގާރަ ދުވަހުގެ މެންދުރު 13:00ގައިކަމަށެވެ.

އެމްއެމްޕީއާރުސީގެ މައްސަލައަކާއި ގުޅޭ އިތުރު ދައުވާއެއްގައި ރައީސް ޔާމީން، އަންނަ އަންގާރު ދުވަހު ފުލުހަށް ހާޒިރުވުމަށް އަންގާފައިވާއިރު ޑރ.ޖަމީލް ވިދާޅުވީ އެ މަނިކުފާނު ފުލުހަށް ހާޒިރުކުރަނީ، އެއްވެސް އަސާސެއް ނެތް ތަފާތު މައްސަލައެއްް އުފައްދައިގެން ކަމަށެވެ. އަދި ލުހުން ވެސް މިއަދު ހަރަކާތްތެރިވަމުން އަންނަނީ ވަކި ފަރާތެއްގެ އިރުޝާދުގެ ދަށުން ކަމަށް ޑރ.ޖަމީލް ވަނީ ތުހުމަތުކުރައްވާފައެވެ. އިތުރަށް ޖަމީލް ވިދާޅުވީ ހިޔާނާތް ހިންގި ދެމީހުން އެކުށަށް އަމިއްލައަށް އިއުތިރާފްވެފައިވާއިރު، އެދެމީހުނަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައި ނުވާކަމަށެވެ.

ކިތަންމެ ތަހުގީގުކޮށް، ދައުވާއެއް އުފުލި ނަމަވެސް ރައީސް ޔާމީން ހުންނެވީ ސާބިތުކަންމަތީގައިކަން ފާހަގަކޮށް ޑރ.ޖަމީލް ވިދާޅުވީ އެ ސާބިތުކަން އެހެން މީހަކަށް ނުދެއްކާނެ ކަމަށާއި، ސާބިތުކަން ދައްކަވަނީ ވެސް އެންމެ ސަބަބަކަށްޓަކައި ކަމަށެވެ.