English Edition
Dhivehi Edition

ގާނޫނީ ވަކީލުންގެ ގޮތުގައި ހަރަކާތްތެރިވާ މީހުންނަކީ ވަކި ފިކުރެއް ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރާ ބައެއްގެ ގޮތުގައިވެގެން ނުވާނެ ކަމަށާއި އޭގެ ބަދަލުގައި ގައުމުގެ މަސްލަހަތުގައި މަސައްކަތް ކުރާ ވަކީލުން ވާން ޖެހޭ ކަމަށް ޕީޕީއެމްގެ ސެކްރެޓްރީ ޖެނަރަލް ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޚަލީލު ވިދާޅުވީ ސަސްޕެންޑް ކުރި ވަކީލުންގެ ކުރީ ސަފުގައި ފާހަގަ ކުރެވެނީ ވަކި ފިކުރަކަށް ތާއީދުކޮށް އެ ފިކުރު ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރާ ވަކީލުންތަކެއް ކަމަށެވެ. އަދި އެ ފަރާތްތަކުން ބޭނުންވަނީ އެ ފަރާތްތަކުގެ ފިކުރަށް ރާއްޖޭގެ ޝަރުއީ ނިޒާމް ބައްޓަން ކުރަންތޯ ސުވާލު ކުރައްވާ ކަމަށެވެ.

“އެގޮތަށް ބަދަލު ނުވާތީބާއޭ، ނުވަތަ އެ ބޭފުޅުން ބޭނުންހާ ގޮތަކަށް ކަންތައްތައް ނުކުރެވޭތީބާއޭ ރޫލް އޮފް ލޯ ނުނެގެހެއްޓޭ ތަނެއްގެ ގޮތުގައި ރާއްޖެ މި މާނަ ކުރަނީ، އެހެންވީމަ މިއީ ސުވާލު އުފައްދަން ޖެހޭ ކަމެއް، ވަކި ފިކުރަކަށް ތާއީދުކުރާ ބަޔަކަށް ރައްޔިތުންނަށް އިންސާފު ހޯދައިދެވޭނީ ކިހާ ވަރަކަށްބާ؟” ޚަލީލު ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ ޑީޖޭއޭން ނިންމި ނިންމެވުމަކީ ގައުމަށްޓަކައި ނިންމެވި ނިންމެވުމެއް ކަމަށާއި އެކަމަށް ޕީޕީއެމުން ތާއީދު ކުރައްވަވާ ކަމަށެވެ.

ޑީޖޭއޭއިން 54 ވަކީލެއް ސަސްޕެންޑްކޮށްފައިވަނީ ސުޕްރީމް ކޯޓު ކައިރިއަށް އެއްވެ ވަކީލުން މުޒާހަރާ ކުރި ކަމަށް ބުނެ އެވެ. އަދި ޣައިރު ގާނޫނީ ލިޔުމެއްގައި ސޮއިކޮށްފައިވާ ކަމަށް ބުނެ އެވެ