English Edition
Dhivehi Edition

ގދ. އަތޮޅުގައި ހިންގާ ރިސޯޓެއް ކަމަށްވާ އަމާރީ ހަވޮއްޑާ މޯލްޑިވްސް އިން ފުރައިގެން މާލެ ދަތުރުކުރަމުން ދިޔަ “ހިބަރު” ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިރޭ 10:30 ހާއިރު އެ ދޯނީގެ އިންޖީން ރޫމްގައި އަލިފާން ރޯވެ އިންޖީން ހުއްޓި އޮޔާދާ ކަމުގެ ރިޕޯރޓް ލިބިފައިވާ ކަމަށާއި މިހާރު އެމް.އެން.ޑީ.އެފް. ސެންޓްރަލް އޭރިއާ ކޯސްޓް ގާޑުން އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމް.އެން.ޑީ.އެފް. އިން މަޢުލޫމާތު ދެއެވެ.

06 މީހުންނާއެކު ދަތުރުކުރަމުން ދިޔަ “ހިބަރު” ދޯނީގައި އެ ހާދިސާ ހިނގާފައިވަނީ ލާމު އަތޮޅުގެ ދެކުނުން 38 ނޯޓިކަލް މޭލު ބޭރުގައި ދޯނި އޮއްވައި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 02 ދިވެހިންނާއި 04 ބިދޭސީން ކަމަށްވެސް އެމް.އެން.ޑީ.އެފް. އިން ވަނީ މައުލޫމާތު ދީފައެވެ.

މިހާދިސާގައި ދޯނީގެ އެއްވެސް ފަޅުވެރިއަކަށް އަނިޔާއެއް ވެފައި ނުވެއެވެ.