English Edition
Dhivehi Edition
ސްރީލަންކާގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮއްވައި ފެނުނީ ޢުމުރުން 19 އަހަރުގެ އިސްމާއީލް ޒުލާލު ނަމަކަށްކިޔާ ޒުވާނެކެވެ. އޭނާ އަކީ ސްރީލަންކާގައި ތައުލީމް ހާސިލް ކުރަމުން ދިޔަ ދަރިވަރެއްކަމަށް މަޢުލޫމާތުލިބެއެވެ. ޒުލާލު މަރުވެފައި އޮއްވާ ފެނިފައިވަނީ އޭނާގެ ކޮޓަރީގައެވެ. އޭރު އޭނާ ހަބަރެއް ނުވާތާ ދެ ދުވަސް ވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. މިޙާދިސާ ހިނގީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ދިވެހި ގިނަޢަދަދަކަށް ދިރިއުޅޭ ކަޅުބޯވިލާ ސަރަހައްދުގެ ގެއެއްގައެވެ.