English Edition
Dhivehi Edition

ކޮވިޑް 19 ޖެހިގެން ރާއްޖޭގައި އިތުރު މީހަކު މަރުވެއްޖެއެވެ. މިއީ މި ބަލީގައި ރާއްޖެއިން މަރުވި 51 ވަނަ މީހާ އެވެ

ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހަވީރު ނިޔާވެފައިވަނީ އުމުރުން 86 އަހަރުގެ ދިވެއްސެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ބުނެއެވެ.

ރާއްޖޭއިން މިހާތަނަށް 14،855 މީހަކު ވަނީ ކޮވިޑް19އަށް ޕޮޒިޓިވްވެފަ އެވެ. މިވަގުތު ބަލި ޖެހިފައި ތިބި 1015 މީހުން ރާއްޖޭގައި ތިިބި އިރު އޭގެ ތެރެއިން 77 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުތަކުގަ އެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 13،813 މީހަކު ވަނީ ރަނގަޅުވެފަ އެވެ.

ޓެގު