English Edition
Dhivehi Edition

ކޮވިޑް-19ގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު ފަންސާހަށް އަރައިފިއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ މިއަދު ހެނދުނު 9:50 ގައި އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމަށް ގެނައި އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނަކު އޭގެ ކުޑައިރުކޮޅެއް ފަހުން، ނިޔާވެފައިވާ ކަމަށާއި މިއީ ރާއްޖޭން މި ބަލީގައި ނިޔާވި 50 ވަނަ މީހާ ކަމަށެވެ.

ރާއްޖެއިން އެންމެ ފަހުން މި ބަލީގައި މީހަކު ނިޔާވެފައިވަނީ މިމަހުގެ 7 ވަނަ ދުވަހުގައެވެ. އެއީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިހާތަނަށް ރާއްޖެއިން މި ބަލީގައި ނިޔާވެފައިވަނީ 42 ދިވެހިންނާއި 8 ބިދޭސީންނެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވަނީ 14712 މީހުންނަށެވެ. އަދި މިވަގުތު 1017 މީހަކަށް ފަރުވާދެމުން އަންނަ އިރު 79 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 13639 މީހުންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ އިއްޔެ ހަވީރު ހަޔަކުން މިއަދު ހަޔަކަށް 2541 ސާމްޕަލް ނެގި ކަމަށާއި އަދި އޭގެ ތެރެއިން 53 މީހަކު ޕޮޒިޓިވްވި ކަމަށެވެ. މިވަގުތު ކޮވިޑް ޖެހިފައިވާ 1025 މީހުން ތިބިިއިރު ހޮސްޕިޓަލްގައި 74 މީހަކަށް ދަނީ ފަރުވާދެމުންނެވެ

ޓެގު