English Edition
Dhivehi Edition

ގއ ކޫއްޑޫ ރެކުރިއޭޝަން ކުލަބްގެ ފަރާތުން ކޫއްޑޫ ބޯޓު ފަހަރުތަކަށް ކުޅިވަރު ސާމާނުތައް ހަދިޔާ ކޮށްފިއެވެ.

ރެކުރިއޭޝަން ކުލަބްގެ ރައީސް ނާޒިމު މޫސާ “އޭއޯ ނިއުސް” އަށް މައުލޫމާތު ދެމުން ވިދާޅުވީ “ކުޅިވަރު ދެމެހެއްޓެނިވި” މި ޕޮރޮގްރާމްގެ ދަށުން މިއަދު ރާޒުވާ ބޯޑު ހަވާލުކޮށްފައިވަނީ އަދި އެންމެ ބޯޓަކަށް ކަމަށާއި ވީ އެންމެ އަވަހަކަށް ކޫއްޑޫގެ ހުރިހާ ބޯޓުތަކަށްވެސް ކުޅިވަރު ސާމާނު ހަވާލު ކުރާނެ ކަމަށެވެ.

ނާޒިމު ވިދާޅުވީ ރާޒުވާ ބޯޑުގެ އިތުރުން ކެރަމް ބޯޑް، އަދި ދުވާ މެޝިންވެސް ކޮންމެ ބޯޓަކަށް ދޭންވާނީ ހަމަޖެހިފަކަމަށެވެ. އަދި ކުޅިވަރު ސާމާނުތައް ފޯރުކޮށްދިނުމުގެ މައިގަނޑު މަޤުސަދަކީ ރޯދަމަސް ކައިރިވުމާ ގުޅިގެން ބޯޓުފަހަރުތަކުގައި އުޅޭ މީހުން މުނިފޫހި ފިލުވުމަށް ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ކޫއްޑޫ ރެކްރިއޭޝަން ކުލަބުން މީގެ ކުރިންވެސް ވަނީ މިފަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އަދި މި އަހަރުވެސް ކޫއްޑޫ މުވައްޒަފުންނަށް ކުޅިވަރުގެ ވަރަށް ގިނަ ހަރަކާތްތަކެއް ވާނީ ކުޅިވަރު ކަލަންޑަރ ގައި ހިމަނާފަކަމަށާއި ކަލަންޑަރުގައިވާ ގޮތަށް ހުރިހާ ކުޅިވަރު ތަކެއްވެސް ކުރިއަށްދާނެކަމަށް ނާޒިމު ވަނީ ވިދާޅުވެފައެވެ.

ނާޒިމް ވިދާޅުވީ މި އަހަރުގެ އެއްމެ ބޮޑު އަމާޒަކީ ކޫއްޑޫ މުވައްޒަފުން ކުޅިވަރު ކުޅޭ ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުން ކަމަށެވެ.