English Edition
Dhivehi Edition
ގއ. އަތޮޅު ވިލިނގިލި މައިމަގު: ފޮޓޯ ޖަމްޝީދު

ކޮވިޑް19 ކޭސްތަކާއި ގުޅިގެން ގއ. ވިލިނގިލިގައި ނެރުނު މޮނިޓަރިންގެ ޙާލަތު ޢުވާލައިފިއެވެ.

ވިލިނގިލި މޮނިޓަރިން ހާލަތަށް ގެނެސް، އެ ރަށަށް އަރައި ފޭބުން މަނާކުރީ މި މަހު 14 ވަނަ ދުވަހުގަ އެވެ. އެ ރަށުގެ މޮނިޓަރިންގެ ހާލަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އުވާލާފައިވަނީ 5 ދުވަސް ފަހުންނެވެ.

ޑިރެކްޓަރު ގެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި ލިޔުމެއްގައި ވަނީ އާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން އެ ރަށުގައި މޮނިޓަރިން ހާލަތު އިތުރަށް ދަމަހަށްޓަން ޖެހޭ ސަބަބެއް މިވަގުތު ނެތް ކަމަށެވެ.

އަދި މޮނިޓަރިން ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ނިމުމެއް ގެންނަ ކަމަށްވެސް ލިޔުމުގައިވެއެވެ.

ވިލިނގިލި މޮނިޓަރިން ޙާލަތަށް ގެނެސްފައިވަނީ ގއ. ދެއްވަދޫ ކުލާސްޓަރ ކޮންޓެކްޓްއެއް ގއ.ދާންދޫއަށް ނިސްބަތްވާ ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ތަޢުލީމް ހާސިލް ކުރަމުންދާ ގުރޭޑް 12 ގެ ދަރިވަރެއް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. އަދި ޑައިރެކްޓް ކޮންޓެކްޓް އަކަށްވެ އެ ކުލާސްގެ އިތުރު ދަރިވަރެއް ވަނީ ޕޮޒިޓިވްވެފައެވެ.

މީގެ ދެ ދުވަސް ކުރިންރަށުގެ ހާލަތު ދެނެގަތުމަށް ވިލިނގިލިން ވަނީ ވަކި ތަރުތީބެއް ނެތި ސާމްޕަލް ވެސް ނަގާފައެވެ. ނަމަވެސް، ހުރިހާ ސާމްޕަލެއްވެސް ވަނީ ނެގެޓިވް ވެފައެވެ.