English Edition
Dhivehi Edition

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސް ކުޅުނު މެޗުގެ ދެވަނަ ހާފް ކުރިއަށް ނުގެންދެވިގެން ރެފްރީގެ މެޗު ނިންމާލައިފިއެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ މާޒިޔާ އާއި ކްލަބް ގްރީންސްޓްރީޓްސް ކުޅުނު މެޗު ރެއްފްރީ ހުއްޓާލާފައިވަނީ މެޗުގެ 53 ވަނަ މިނެޓުގައި ގްރީންސްޓްރީޓްސްގެ ސޮބުލް އިލިއާ އަށް ރެފްރީ ނިއުޝާދު މުހައްމަދު ދެއްކި ދެވަނަ ރީދޫ ކާޑާއި ގުޅިގެން ގްރީން ސްޓްރީޓްގެ ކުޅުންތެރިންނާއި އޮފިޝަލުން ރެފްރީ އަށް ހުރަސް އެޅުމުގެ ސަބަބުން މެޗު ކުރިއަށް ނުގެންދެވިގެންނެވެ.

މިރޭގެ މެޗުގައި ރެފްރީ އިލިއާއަށް ދެވަނަ ރީދޫ ކާޑާއި އެކު ރަތް ކާޑު ދައްކަން މަސައްކަތް ކޮށްފައިވަނީ ރެފްރީއާ ދިމާލަށް ކުޅިވަރާ ރޫހާ ހިލާފު ބަހެއް ބުނި ކަމަށް ބަލާފައެވެ.

ކާޑަށް ފަހު ކުޅިވަރުގެ ރޫހާ ހިލާފު ބަހެއް ބުނެފައިނުވާނެ ކަމަށް ބުނެ އިލިއާ އަދި ގްރީން ސްޓްރީޓްގެ އޮފިޝަލުންނާއި ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

މިރޭގެ މެޗުގެ ދެވަނަ ހާފްގެ ކުޅުން ފެށިއިރު މެޗުގެ ރެފްރީން ބަދަލުވެފައިވާއިރު ދެވަނަ ހާފްގެ ރެފްރީއެއްގެ ގޮތުގައި ދަނޑަށް ނިކުމެފައިވަނީ ފުރަތަމަ ހާފުގެ އެސިސްޓަންޓް ރެފްރީއެއްގެ ގޮތުގައި ފެނުނު މުހައްމަދު ނިއުޝާދެވެ. ދެވަނަ ހާފުގައި ފަޒީލް ފޯތު ރެފްރީއަކަށް ހުރި އިރު، ފުރަތަމަ ހާފުގައި ފޯތު ރެފްރީގެ ދައުރު އަދާކުރަމުންދިޔަ ޒަހީރު ހުސައިން ދެވަނަ ހާފުގައި ވަނީ އެސިސްޓަންޓް ރެފްރީއެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

މިރޭ ލީގުގައި ކުޅުނު މެޗު ނިންމާލިއިރު 1-0 ލަނޑުގެ ނަތީޖާއަކުން ކުރީގައި އޮތީ މާޒިޔާއެވެ. މިލަނޑު ފުރަތަމަ ހާފްގެ 27 ވަނަ މިނެޓްގައި މާޒިޔާއަށް ކާމިޔާބުކޮށް ދީފައިވަނީ މުހައްމަދު އުމެއިރުއެވެ.