English Edition
Dhivehi Edition

ކޮރޯނާ ވައިރަސް އަކީ ރާއްޖޭގެ ރައްޔިތުން ނާ ބެހޭ ވެސް އެއްޗެއް ނޫން ކަމަށާއި ރާއްޖޭގެ ރައްޔިތުން ލޮކްޑައުންކޮށްގެން އުޅޭ މައްސަލައަކީ ސިޔާސީ މައްސަލައެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ވީހާވެސް އަވަހަކަށް ބޭއްވުމަށް “ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު”ގެ އިބްތިދާއީ ބަހުސް ގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ރައްޔިތުން ލޮކްޑައުން ކޮށްގެން އުޅޭ މައްސަލައަކީ ގަބޫލުކުރައްވަވާ މައްސަލައެއް ނޫންކަމަށާއި އެއީ ސިޔާސީ މައްސަލައެއްކަމަށެވެ.

“އިންޑިއާއިން ވެކްސިން ލިބުނަސް، ކޮންމެ ތާކުން ވެކްސިން ލިބުނަސް އަޅުގަނޑުމެން މި ތިބީ އަވަހަށް ވެކްސިން ވެސް ލިބިގެން އަޅުގަނޑުމެންނަށް
މި ދިމާވެގެން އުޅޭ މައްސަލަތަކު ން އަރައިގަތުމަށް” ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ރާއްޖެއަށް ޓުއަރިސްޓުން ބާރަށް އެބަ އަންނަ ކަމަށާއި ރާއްޖޭގެ ބެޑް ކެޕޭސިޓީ އިތުރުކުރަން އެބަޖެހޭކަމަށެވެ.

“ޚަރަދު ބޮޑު މޮޑެލަކަށް ރާއްޖެ މި އޮންނަނީ. އެހެންވީމާ، އަޅުގަނޑުމެންނަށް އިންވެސްޓްމެންޓްސްތަކަށް ރިކަވަރީ އެބަ ލިބެންޖެހޭ. ހުއްޓިފައި ހުރި
ޕްރޮޖެކްޓުތައް ހިނގަން އެބަޖެހޭ. ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ ކަންކަން ހިނގަމުންދާއިރުގައި ރާއްޖޭގެ އުތުރާއި ދެކުނުން؛ މިސާލެއްގެ ގޮތުން އުލިގަމުގައި ހުރި ހޮޓާ އަޅުގަނޑު މި އައީ ބަލާފަ. އެތާނގައި ވާވަދެގެންގޮސް އެ ހޮޓަލުގައި އެތާ ހިނގޭނެ ގޮތެއް ވެސް ނެތް. އެތަން ވެސް އެއީ ވެސް ދައުލަތުގެ ފައިސާ ނޫންތޯ. އަވަހަށް އެ ހޮޓާ ވެސް ދީ، ބައިވަރު ޔޮޓުފަހަރު އުލިގަމުގައި އެބަހުރި. ބައިވަރު ވަސީލަތްތައް ބޮޑުތިލަދުންމަތީގައި އެބަހުރި. ހަމައެއާއެކު މެދުރާއްޖެތެރޭގައި ވެސް އެބަ ހުރި” ޖާބިރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ފުލް ލޮކްޑައުން އަކަށް ދާން ޖެހޭނީ މާދަމާ ނޫން ކަމެއްވެސް ނޭނގޭ ކަމަށާއި ދުނިޔެއިން އެކިޔަނީ 3 ވަނަ ވޭވަކަށް އިންތިޒާރު ކުރާ ވާހަކަ ކަމަށެވެ. އަދި ރާއްޖޭގެ މީހުންނަކީ ފަތުރުވެރިކަމުގެ މަސައްކަތުން ދުނިޔޭގައި އުޅޭ ބައެއް ކަމަށާއި އެހެން ކަމުން މަސްވެރިކަން ކުރިއަރުވަން އެބަ ޖެހޭ ކަމަށެވެ.

ޖާބިރު މިގޮތަށް ވިދާޅުވެފައިވާއިރު މި އަހަރު ފެށުނުފަހުން ރިސޯޓު މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވާ މިންވަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން އިއްޔެ އެކަނިވެސް 20 މުވައްޒަފަކު ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުންޏެވެ. ރާއްޖޭގައި މިވަގުތު ކޮވިޑް ޕޮޒިޓިވް 953 މީހަކު ތިބި އިރު، އޭގެ ތެރޭގައި 28 ރިސޯޓަކުން ފެނުނު 273 ކޭސް ހިމެނެ އެވެ.