އިލެކްޓްރޯނިކް ސާމާނު ވަގަށް ނަގައި، ނުއަގުގައި ވިއްކަމުން ދިޔަ ބަޔަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ވަގަށް ނަގާ މޯބައިލް ފޯނާ ކަރަންޓު ސާމާނު ނުއަގުގައި ވިއްކާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭ ގެޔެއް ބަލާ ފާސްކުރުމުން ވަގަށް ނަގާފައިވާ އިލެކްޓްރޯނިކް ތަކެއްޗާއެކު އުމުރުން 25 އަހަރުގެ ދެ ދިވެހިންނާއި 26 އަހަރާއި 35 އަހަރުގެ ބަންގްލަދޭޝް ދެ މީހުން ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ވިދާޅުވި ގޮތުގައި ވަގަށް ނަގާފައިވާ ތެކެތީގެ ތެރޭގައި އެކި ބްރޭންޑްތަކުގެ 10 މޯބައިލް ފޯނާއި މަކީޓަރ ބްރޭންޑްގެ ކަޓް އޮފަކާއި ޑިގްރީ ކީހަކާއި ލެޕްޓޮޕަކާއި ސްޕީކަރެއްގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ވަނީ އަތުލައިގެންފައެވެ.
ވަގަށް ނަގާފައިވާ ސާމާނުތަކަކާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިhttps://t.co/pVVUivlVWD#HulhumalePolice pic.twitter.com/i6nqARcbAR
— Maldives Police (@PoliceMv) January 18, 2021
މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބެހެއްޓުމަށް ދިވެހި ދެ މީހުންނަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ. އަދި ބަންގްލަދޭޝްގެ ދެމީހުންނަށް ހަތަރު ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.