English Edition
Dhivehi Edition

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން މާލޭގެ ހަތަރު ގެއެއް ބަލައި ފާސްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ

ފުލުުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ބަލައި ފާސްކޮށްފައިވަނީ މައްޗަންގޯޅި ގެއަކާއި ގަލޮޅު ގެއެއްގެ އިތުރުން މާފަންނު ގެއަކާއި މާފަންނުގައި ހުރި ގެސްޓު ހައުސްއެކެވެ.

ފުލުހުންގެ މީޑިއާ އިން ބުނީ މި ޖަނަވަރީ މަހުގެ 12 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ތިން ޖޫސްޕެޓީ ކޮތަޅާއި، ބޮޑު ހަ ރަބަރު ޕެކެޓާއި، 33 ރަބަރު ޕެކެޓާއި، ފޮއިލް ކޮޅަކާއި ސެލޯފިންކޮޅެއްގެ އިތުރުން ފިލްމު ހުސްކުރި 10 ދަޅާއި ބަނގުރާ ފުޅިއަކާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާކަމަށެވެ. އަދި މި މައްސަލައިގައި 31 އަހަރުގެ އަންހެނަކާއި 33 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ ފިރިހެނެއްގެ އިތުރުން 41 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު މި ހަތަރު މީހުންނަކީވެސް ދިވެހިންކަމަށެވެ

މި މައްސަލައާ ގުޅިގެން އެ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހު މުއްދަތު ވަނީ ދީފައެވެ