English Edition
Dhivehi Edition

ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލުގައި ކިޔަވަމުން އަންނަ އެއް އާއިލާއެއްގެ ހަތަރު ދަރިވަރަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.

ބިލަބޮންގް ސްކޫލު ހިންގާ އައިލެންޑާސް ގްރޫޕުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ދަރިވަރުންނަށް ބަލި ޖެހުނީ ސްކޫލު ތެރެއިން ނޫންކަން ޔަގީންކުރެވިފައިވާ ކަމަށެވެ. މިކަމާ ގުޅިގެން ބިލަބޮންގް އިންޓަރނޭޝަނަލް ސުކޫލުގެ މެނޭޖުމެންޓުން އެ ސުކޫލުގެ ދަރިވަރުންގެ ބެލެނިވެރިންނަށް ފޮނުވި މެއިލްގައި ބުނީ އެ ސްކޫލުގެ 4 ދަރިވަރަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިިރު، އެ 4 ދަރިވަރުންނަކީ ވެސް އެއް އާއިލާއަކަށް ނިސްބަތްވާ 4 ކުދިން ކަމަށެވެ

އައިލެންޑާސްގެ ބަޔާނުގައި ބުނީ އެ ސްކޫލުގެ ދަރިވަރުންތަކެއް ޕޮޒިޓިވްވުމަކީ ނުތަނަވަސްކަން ކުރިމަތިވި ހަބަރެއް ކަމަށާއި ނަމަވެސް އެފަދަ ކަމެއް މެދުވެރިވެދާނެ ކަމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ތައްޔާރުވެގެން ތިބި ކަމަށެވެ. އަދި ސްކޫލުގެ މާހައުލާ މުވައްޒަފުންގެ އިތުރުން ތައުލީމް ހާސިލުކުރާ ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަމަށް އެ ސްކޫލުން ޚާއްސަ އިސްކަމެއް ދޭނެ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ،

ސްކޫލުން ކޮވިޑް އެކްޓިވް ކޭސްއެއް ފެނުމާ ގުޅިގެން އަމަލު ކުރަމުން ދާނީ އެ ސްކޫލުން ކަނޑައަޅައިފައިވާ ގަވައިދާ އެއްގޮތަށް ކަމަށާއި، އެގޮތުން އެންމެ ފުރަތަމަ މަރުހަލާއެއްގެ ގޮތުން އެ ދަރިވަރުން ކިޔަވަމުން ގެންދިޔަ ކުލާހުގެ ހުރިހާ ދަރިވަރުންގެ ބެލެނިވެރިންނަށް މި މައުލޫމާތު ފޯރުކޮށްދީފައި ވާނެކަމަށްވެސް އައިލެންޑާސްގެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ދެވަނަ މަރުހަލާއެއްގެ ގޮތުން، ކޮންޓެކްޓް ޓްރޭސިންގް ގެ މަސައްކަތް ފެށިފައިވާ ކަމަށާއި، އެމަސައްކަތް ކުރަމުން ގެންދަނި އެޗްޕީއޭ އާއި އެމްއޯއޭ ގުޅިގެން ކަމަށާއި، އަދި މިހާތަނަށް އެއްވެސް ކޮންޓެކްޓްއެއް ފެނިފައި ނުވާ ކަމަށް ވެސް އެ ބަޔާނުގައިވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެންމެ ފަހުން އެ 4 ކުދިން ސުކޫލަށް ގޮސްފައިވަނީ މި ދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. އެކަމަކު އެޗުޕީއޭ އިން ބުނީ އެ ކުދިންގެ ޓްރޭސިން މުއްދަތުގައި އެއްވެސް ކުއްޖަކު ސްކޫލަށް ގޮސްފައި ނުވާ ކަމަށެވެ. އެހެންކަމުން ޓީޗަރުންނާއި އިތުރު އެހެން ދަރިވަރަކު ކަރަންޓީނަށް ގެންގޮސްފައި ނުވާ ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.