English Edition
Dhivehi Edition

ގއ. ދެއްވަދޫގައި ބަލި ފެތުރި ދެއްވަދޫ ކްލަސްޓާރ އިން ފައްސިވި މީހުންގެ އަދަދު 52 އަށް އަރައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވަދޫ ކަލަސްޓާގެ ތަފްސީލު ދެއްވަމުން އާމިނަތު އަރޫޝާ ވިދާޅުވީ، އެ ކްލަސްޓާއިން މިހާތަނަށް 52 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެއީ ގއ. ދެއްވަދޫއިން ފައްސިވި 43 މީހުންނާއި ލ. ފޮނަދޫއިން ފައްސިވި 4 މީހުންނާއި ގއ. ދާންދޫން ފައްސިވި 2 މީހަކާއި ގއ. ވިލިނގިލިން ފައްސިވި މީހެއްގެ އިތުރުން ހުޅުމާލެއިން ފައްސިވި 2 މީހެކެވެ.

ދެއްވަދޫ ކްލަސްޓާ އާއި ގުޅިގެން މިހާތަނަށް 750 މީހެއްގެ ސާމްޕަލް ނެގިފައިވެއެވެ. އަދި 255 ކޮންޓެކްޓެއް ވަނީ ފެނިފައެވެ. އޭގެ ތެރެއިން 101 ފަރާތަކީ ހައި ރިސްކު ކެޓަގަރީގެ މީހުންނެވެ.

ދެއްވަދޫ ކްލަސްޓާރ އާއި ގުޅިގެން ގއ. ވިލިނގިއްޔާއި، ދާންދޫ މޮނިޓަރިންގެ ހާލަތުގައި އޮތްއިރު ހުވަދުއަތޮޅުގެ ގިނަ ރަށްތަކެއްގައި ދަނީ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.