English Edition
Dhivehi Edition
ރިލެކްސް ކިންގު: ދެކުނުގެ 4 އަތޮޅުގައި ޝެޑިއުލް ގިނަ ދަތުރުތަކެއް ކުރަމުން އަންނަ ފެރީ އެއް

ގއ. އަތޮޅުގެ 3 ރަށަކުން ކޮވިޑް 19 ގެ ޕޮޒިޓިވް ކޭސް ފެނިފައިވާތީ މިދުވަސްވަރު ހުވަދޫން އައްޑޫއަށް ދަތުރު ކުރި ފަރާތްތަކުގެ މައުލޫމާތު ހޯދަމުންދާ ކަމަށް އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

އެގޮތުން ދެކުނުގެ 4 އަތޮޅަށް ޝެޑިއުލް ދަތުރު ކުރަމުން އަންނަ ރިލެކްސް ފެރީ ސަރވިސް އިން އައްޑޫ އަށް ދަތުރުކޮށްފައިވާ މީހުންގެ މައުލޫމާތު ހޯދަމުން އަންނަ ކަމަށް ސޯބެ ވިދާޅުވިއެވެ.

ފާއިތުވި ބޮޑު ބަންދުގައި ގިނަ އަދަދެއްގެ މީހުން ވަނީ އައްޑޫއިން ހުވަދު އަތޮޅުގެ ރަށް ތަކަށް ޗުއްޓީ ހޭދަކުރުމަށް ގޮސްފައެވެ. އަދި ހުވަދޫ އަތޮޅުގެ އެކި ރަށް ރަށުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ބޭސްފަރުވާ ފަދަ އެކިއެކި ބޭނުންތަކަށް އައްޑޫއާއި ފުވައްމުލަކަށް ގޮސްފައެވެ.

ރިލެކްސް ފެރީ ސަރވިސް އިން މިހާރުވެސް ހުވަދޫ އަށް ދަތުރު ތައް ޝެޑިއުލް ކޮށްފައިވާ އިރު އެފަރާތުން ބުނީ މޮނިޓަރިންގެ ހާލަތުގައިވާ ރަށްތައް ފިޔަވައި އެހެން ރަށްތަކަށް އަދިވެސް ދަތުރުތައް މެދު ކަނޑާނުލައި ކުރިއަށް ގެންދާ ކަމަށެވެ.

ދެއްވަދޫ ކްލަސްޓާ އާއި ގުޅިގެން ހުވަދު އަތޮޅުގައި ފެތުރެމުން ދާތީ އެކަމާއި ގުޅިގެން އައްޑޫސިޓީ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މާލެ ސަރަޙައްދު ފިޔަވައި މޮނިޓަރިންގ ގެ ޙާލަތުގައިވާ ރަށްތަކުން، ކަނޑުމަގުން އަދި ވައިގެ މަގުން ވިޔަސް، އައްޑޫސިޓީއަށް 01 ޖަނަވަރީ 2021 ގެ ފަހުން ދަތުރުކޮށްފައިވާ ފަރާތެއްވާނަމަ، ލަސްނުކުރައްވާ އެރަށެއްގެ އެސް.އެސް.ޑީ އަށް އެންގެވުން އެދޭ ކަމަށެވެ.