English Edition
Dhivehi Edition
ފޮޓޯ: ގއ.މާމެންދޫ އަލިފުތު ގުރައިދޫއަށް ގެންދަނީ

ގއ.މާމެންދޫގައި މިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު، އަޅާލާނެ މީހަކު ނެތިގެން، މަގުމަތިވި އަލިފުތު، ވާރިސަކު ނެތިވެ ބަލާނެ މީހަކު ނެތިގެން އެންމެ ފަހުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މީގެ 3 މަސްދުވަސްކުރިން އުމުރުން 80 އަހަރުގެ އަލުފުތު ބަލަހައްޓަމުންދިޔަ މީހުން، އާއިލާ ތެރޭ ޖެހުނު މައްސަލައަކާއި ގުޅިގެން އަލިފުތު ގެއިން ނެރެ ލުމުން އޭނާ ބަލަހައްޓަމުން ގެންދިޔައީ އެރަށު ކައުންސިލުންނެވެ. އަލިފުތު މިހާރުވަނީ ޖެންޑާ މިނިސްޓްރީގެ މުވައްޒަފަކާއެކު، ކ. ގުރައިދޫގައި ހުންނަ މަރުކަޒަށް ފޮނުވާލައިފައެވެ.

އޭނާ ބަލަހައްޓާނެ މީހަކު ހޯދަން ކައުންސިލުން އިއުލާންކުރުމުން ދެތިން މީހުން ޝައުޤުވެރިކަން ފާޅުކުރި ނަމަވެސް އެފަރާތްތަކާއި އަލިފުތު ހަވާލު ނުކުރަނީ ޖެންޑަރ މިނިސްޓްރީ އާއި ކޯޓުގައި މައްސަލަ ހިނގަމުން އަންނާތީ ކަމަށް އެރަށު ކައުންސިލް ރައީސް ޒައީމް މީޑިޔާއަށް މައުލޫމާތު ދީފައިވެއެވެ.

އަލިފުތުގެ ވާރިސުން ބުނާގޮތުގައި އަލިފުތާއި އެމީހުން ހަވާލުވާނީ ކޯޓުން އަލިފުތުގެ ބެލެނިވެރި ކަމާއި މެދު ގޮތެއް ނިންމުމުން ކަމަށެވެ. އެހެންނަމަވެސް މި މަހު ކުރީކޮޅު އަލިފުތާއި އާއި ހަވާލުވާން އޭނާގެ ވާރިސުންގެ މައްޗަށް މެޖިސްޓްރޭޓް ކޯޓުން އަމުރު ކުރުމުން ވެސް އަލިފުތާ އާއި ހަވާލުވާން ވާރިސުން ދެކޮޅު ހަދާފައި ވާތީ ކައުންސިލުން ވަނީ މިހާރު އަލިފުތާއި އާއި ހަވާލުވާން ކުރި އަމުރު ތަންފީޒުކޮށްދިނުމަށް އަމުރު ކޮށްދިނުމަށް އެދި ކޯޓަށް ހުށަހަޅާފައެވެ.
އަލިފުތަކީ އުފަން ދަރިއެއްނެތް މީހެކެވެ. ތިންއަހަރު ކުރިން އަނބިމީހާ މަރުވުމުން އަލިފުތު ބަލަމުން އައީ އަލިފުތުގެ ވާރިސުންނެވެ. އުމުރުން ދުވަސްވީ މީހުންނަށް ލިބޭ 5,000 ރުފިޔާގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބޭ 2,000 ރުފިޔާގެ އެލަވަންސް ވެސް އަލިފުތަށް ލިބެއެވެ.