English Edition
Dhivehi Edition

ކުޑަ އަންހެންކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ރާއްޖޭގެ އުތުރު (ދ. ފ. އަދި މ.) އަތޮޅުގެ ތެރޭގައި ހިމެނޭ ރަށެއްގައި އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ރޭ20:30 ހާއިރު ހުށަހަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިމައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ހާމަކުރިގޮތުގައި އެއަންހެން ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ އެރަށަށް ދިޔަ އެހެން ރަށެއްގެ ބޯޓެއްގެ ކެޕްޓަނެކެވެ. މިމައްސަލައާއި ގުޅިގެން ޖެންޑާ މިނިސްޓްރީގެ ޓީމެއް އެރަށުގައި ހަރަކާތްތެރިވަމުން އެބަ ގެންދާކަމަށް މައުލޫމާތު ލިބެއެވެ .

މިމައްސަލަ ފުލުހުންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.
ރާއްޖޭގައި ޖިންސީ ގޯނާގެ ގިނަ މައްސަލަތައް ފެންމަތިވަމުން ދާއިރު ކަމާބެހޭ އިދާރާތަކުން އަންނަނީ މިމައްސަލަތައް ބަލާ ފިޔަވަޅު އަޅުމުންނެވެ . އެހެންނަމަވެސް ހިތާމަޔަކީ މިފަދަ ކަންތައް ރާއްޖޭގައި ދުވަހެއް ދުވަހެއް ގިނަވަމުންދާތީ އެވެ . ހާއްސަކޮށް ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ގިނަކަން ފާހަގަކުރެވެއެވެ.