English Edition
Dhivehi Edition

އައްޑޫ ސިޓީގެ ހިތަދޫގައި ފުުލުހެއްގެ ސައިކަލުގައި ރޯކޮށް އަންދާލައިފިއެވެ.

މި ސައިކަލްގައި ރޯކޮށްލާފައިވަނީ އިއްޔެ ރޭ، ހިތަދޫ 12 ނަމްބަރު ފްލެޓް ކައިރީގައި ހުއްޓާ ސައިކަލް ދަމާފައި ޕޭވްމަންޓަށް ނެރެގެން ޕޭވްމަންޓް މަތީގައި ބަހައްޓަިއގެންނެވެ.

ފުލުހުންނަށް މި ހާދިސާގެ ރިޕޯޓް ކޮށްފައިވަނީ އެ ރޭގެ 3:30 ހާއިރުގައި ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

މި ހާދިސާގައި ބޭނުން ނުކުރެވޭ ވަރަށް ސައިކަލް ވާއިރު މިއީ ކޮންކަމަކާއި ގުޅިގެން ހިންގާފައިވާ ކަމެއް ކަން އަދި ނޭނގެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.