English Edition
Dhivehi Edition

މިވަގުތު މޮނިޓެރިންގެ ޙާލަތުގައި އޮތް ގއ.ދެއްވަދޫއަށް ކޮވިޑުން ރައްކާތެރިވުމަށް ބޭނުންކުރާނެ ގިނަ ސާމާނު، ދިވެހި ރެޑްކުރެސެންޓުގެ ގއ.ބުރާންޗުން، ފޮނުވައިފިއެވެ.

ރެޑްކުރެސެންޓް ގއ.ބުރާންޗްގެ ޗެއަރ ޕާރސަން ހަސަން ދީދީ (މިޒުމާދު) ވިދާޅުވީ، ކޮވިޑް 19 ހަލުވިކަމާއެކު ގއ. ދެއްވަދޫގައި ފެތުރެމުން ދާތީ ރެޑްކުރެސެންޓުން އެހީ ފޯރުކޮށްދިނުމުގެ ގޮތުން، ކޮވިޑް އަށް ރައްކާތެރިވުމަށް ބޭނުންކުރާ ސާމާން އިއްޔެ ދެއްވަދޫ އަށް ފޮނުވައިފައިވާ ކަމަށެވެ. މި ގޮތުން 200 ފޭސް ޝިއަލްޑް، 50 ކޭއެން95 މާސްކް، އަދި 1000 ސާރޖިކަލް މާސްކް ފޮނުވައިފައިވާ ކަމަށް މިޒުމާދު ވިދާޅުވިއެވެ.

ރެޑްކުރެސެންޓް ގއ.ބުރާންޗްއިން ވަނީ މީގެ ކުރިންވެސް ވިލިނގިލީގެ ބައެއް މުއައްސަސާތަކާއި އަތޮޅުގެ ރަށްތަކަށް ކޮވިޑަށް ރައްކާތެރިވުމަށް ބޭނުންކުރާ ސާމާނު ހަދިޔާ ކޮށްދީފައިވެއެވެ.

ދެއްވަދޫއިން އިއްޔެ ކޮވިޑަށް އިތުރު 8 މީހަކު ޕޮޒިޓްވެ ޖުމުލަ އަދަދު 24 އަށް އަރާފައިވާއިރު ދެއްވަދޫ ކައުންސިލުން އެދެނީ ރައްޔިތުން ކެތްތެރިކަމާއި އެކީ އެޗްޕީއޭގެ ގައިޑްލައިނަށް ބޯލަނބާ މިކަމުން އަރައިގަތުމަށް އެންމެން އެކީ މަސައްކަތް ކުރުމަށެވެ.