English Edition
Dhivehi Edition

ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނަށް އެހީވުމަށް ދިވެހި ރެޑް ކްރެސެންޓުން ހުޅުވާލި ފަންޑަށް، މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް 1.6 މިލިއަން ރުފިޔާ ލިބިފައި ވާކަމަށް ދިވެހި ރެޑް ކްރެސެންޓުން ބުނެފިއެވެ.

ރެޑް ކްރެސެންޓުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިވެހި ރެޑް ކްރެސެންޓުގެ ސެކްޓްރީ ޖެނެރަލް ފާތިމަތު ހިމްޔާ ވިދާޅުވީ، މި ފަންޑަކީ ފަލަސްތީނުގެ ރެޑް ކްރެސެންޓުން ނެރުނު އެހީގެ އިލްތިމާސާ ގުޅިގެން ހުޅުވާލި އެމެޖެންސީ ފަންޑެއް ކަމަށެވެ. މި ފަންޑަށް ލިބޭ ހުރިހާ ފައިސާއެއް ފޯރުކޮށްދޭނީ ހަމަ ސީދާ ފަލަސްތީނު ރެޑް ކްރެސެންޓަކަށް ހިމްޔާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ހިމްޔާ ވިދާޅުވީ އަންނަ ހޮނިހިރު ދުވަހާ ހަމައަށް ލިބޭ ފައިސާ ފަލަސްތީނުގެ ރެޑް ކްރެސެންޓަށް ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ރެޑް ކްރެސެންޓުން ހުޅުވާލި ފަންޑުގެ މުއްދަތު، ފަލަސްތީނު ހަނގުރާމައިގެ ހާލަތު ބަދަލުވާ ގޮތުންނާ އަދި އާންމުންގެ ތެރެއިން ބައެއް މީހުންގެ އެދުމުގެ މަތިން ނޮވެމްބަރު 12ވަނަ ދުވަހާ ހަމައަށް މިހާރު ވަނީ އިތުރުކޮށްފައެވެ.