English Edition
Dhivehi Edition

ރައީސް ސޯލިޙް އާއި ރައީސް ނަޝީދު އައްޑޫގެ ރައްޔިތުން ބާކީ ކޮށް ނުލައްވަވާނެ ކަމުގައި އައްޑޫ ސިޓީ މޭޔަރުގެ މަޤާމަށް ވާދަަ ކުރައްވާ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިހެން ވިދާޅުވެފައިވަނީ އައްޑޫ ޕޮލިސް އެކަޑަމީ އިމާރާތް ކޮށްފައިވަނީ ބިން ބޭނުން ކުރުމުގައި ވިސްނާފައި ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ ދެއްކެވި ވާހަކަތަކަށް ތާއީދުކޮށް ކުރެއްވި ޓްވީޓުގައެވެ.

“މިއަކަށް ވުރެ ވަކި ބޮޑު އުންމީދެއް އައްޑޫ ރައްޔިތުންނަށް ލިބިނުދާނެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަދި ރައީސް މުހައްމަދު ނަޝީދު އައްޑު ރައްޔިތުން ބާކީ ކޮށެއް ނުލާނެ.” ނަޝީދުގެ ޓުވީޓް ރީ ޓުވީޓް ކުރައްވަވަމުން ނިޒާރު ވިދާޅުވެފައިވެއެވެ.

ނިޒާރު ގެ މި ޓުވީޓުން ދޭހަކޮށްދެއްވަވަން ބޭނުންފުޅު ވަނީ އެމްޑީޕީގެ ވެރިކަމެއްގައި ރައީސް ޞާލިހު ވެރިކަމުގައި ހުރެ އެވެރިކަމުގައި އެހީތެރިވުމަށް ރައީސް ނަޝީދު ހުންވަނިކޮށް އައްޑު ރައްޔިތުން ބާކީކޮށް ނުލާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

.މި ޓުވީޓަށް ގިނަ ބަޔަކު ކޮމެންޓް ކޮށްފައިވާ އިރު ގިނަ ބަޔަކު ބުނެފައިވަނީ އުއްމީދު ކުރަން ވީ ކޮން ކަމަކަށް ތޯ އާއި އުއްމީދު ކުރަން ޖެހޭ އެންމެ ސަބަބެއް ވެސް ދައްކާލަދިނުން އެދޭ ކަމަށެވެ. އަދި މިއީ ވޯޓު ހޯދުމަށް ދައްކާ ހުސް ހޮޅި ވާހަކަ ދަކެއް ކަމަށާއި 1978 ވަނަ އަހަރުން ފެށިގެން މިތިބީ ތިޔަ އުއްމީދެއްގައި ކަމަށެވެ.

އެމްޑީޕީގެ 2 ވެރިކަން ނިމިގެން ދާއިރު މިހާތަނަށް އައްޑޫ އަށް ލިބުނު ކުރިއެރުމެއް ދެއްކުން އެދޭ ކަމަށާއި މިހާރު ރައްޔިތުންނަށް ވާނުވާ އެނގޭކަމަށް ވެސް ލިޔެފައިވެއެވެ.

އައްޑޫގެ އިންތިޚާބީ ހުރިހާ މަގާމެއްގައި އެމްޑީޕީ މެމްބަރުން ތިބި ނަމަވެސް މިހިނގާ ސަރުކާރުގައި ވެސް އެމްޑީޕީން އައްޑޫއަށް އަޅާނުލާ ކަމަށާއި ކޮއްދެވުނު ކަމެއް ނެތް ކަމަށް ގިނަ ބަޔަކު ބުނެއެވެ.