English Edition
Dhivehi Edition

ޕޯސްޓްގެ ޒަރިއާއިން ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރިވިސް އިން އަތުލައިގެންފިއެވެ.

ކަސްޓަމުން ބުނީ މި ތަކެތި އަތުލައިގެންފައިވަނީ މަހުގެ 10 ވަނަ ދުވަހު ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އެ ގޮތުން ޕާރުސަލުގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފުރަތަމަ މަރުހަލާގައި ކަސްޓަމުން ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ އެމްޕެޓަމިން އަށް ޕޮޒިޓިވްވެފައިވާކަމަށެވެ.

މީގެ އިތުރުން ކަސްޓަމުން ވަނީ އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 14.00 ގްރާމް ހުރިއިރު މި ތަކެތީގެ މަގުމަތީ އަގު 42،000 ރުފިޔާއަށް އަރާކަމަށް ހާމަކޮށްފައެވެ.

މި މައްސަލަ އިތުރަށް ތަހުޤީގުކުރުމަށް އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާއި ހަވާލުކޮށްފައެވެ.