English Edition
Dhivehi Edition

ލިޔުނީ: އައިޝަތު އިބްރާހިމް

އަންހެނުންނަށް ހާއްސަ ކޮށްގެން ހިތަދޫގައި ކުރިއަށް ގެންދާ ޝޭޕް އަޕް ސްޓޫޑިއޯ ރަސްމީކޮށް ހުޅުވައިފިއެވެ.
ޒަމާނީ ވަސީލަތް ތަކާއެކު ރޭ ހުޅުވިގެން ދިޔަ މި ސްޓޫޑިއޯ ހުޅުވައި ދެއްވީ ހިތަދޫ މެދު ދާއިރާ ގެ ކައުންސިލާ ޖަމްޝީދާ މުހައްމަދެވެ.

މި ސްޓޫޑިއޯ ހުޅުއްވައި ދެއްވުމަށް ފަހު ޖަމްޝީދާ ވިދާޅުވީ، އައްޑޫގައި ކަސްރަތު ކުލާސްތަކެއް ފެށި އަންހެނުން ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް މަސައްކަތް ކުރާތަން ފެނުމަކީ އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް ކަމަށާއި އައްޑޫގެ ޒުވާން ކަަނބަލަކު އިސްނަގައިގެން އަންހެނުންނަށް އެ ފުރުސަތު ފަހިކޮށް ދެއްވާ ކަމީ އެކަމާމެދު އުފާކޮށް ޝުކުރު އަދާ ކުރާ ކަމެއް ކަމުގައެވެ.

2015 ވަނަ އަހަރު އާދައިގެ ގޮތަކަށް ކުލާސް ފެށިގެން އައި ނަމަވެސް ރޭގައި މި ކުލާސް ހުޅުވިގެން މި ދިޔައީ މޯލްޑިވިއަން ނައިޓް ގެ ތީމަކާއި އެއްކޮށް ޒަމާނީ ސްޓޫޑިއޯ އެއްގެ ގޮތުގައެވެ.
މި ސްޓޫޑިއޯ ގައި ކުލާސްތައް ނަގައި ދެނީ މި ދާއިރާއިން ކޯސް ތަކެއް ފުރިހަމަކޮށްފައިވާ އާމިނަތު ޝިއުޒާ އެވެ. ޝިއުޒާ ވަނީ މި ދާއިރާއިން ޒުމްބާ އަދި ސްރޯންގް ގެ އިތުރުން ގުރޫޕް ފިޓްނެސް ގެ ކޯސް ފުރިހަމަ ކޮށްފައެވެ.
ޝިއުޒާ މަޢުލޫމާތު ދިންގޮތުގައި މީގެ ދެ އަހަރު ކުރީން ފެށި ކުލާސް ތައް ކުޑަ ތަނެއްގައި 15 މީހުންނާއި ހިންގި ނަމަވެސް އަލަށް ހުޅުވުގެންދިޔަ މި ސްޓޫޑިއޯގައި 25 މީހުންގެ ޖާގަ ހުންނާނެ ކަމަށާއި ކުރިއަށް އޮއްތާގައި ވެސް އިތުރު ކަސްރަތު ތަކެއް މި ސްޓޫޑިިއޯ ގައި ތަޢާރަފް ވެގެންދާނެ ކަމަށެވެ. އެގޮތުން މި ކުލާސް ތަކުގައި ބައިވެރިވެލައްވަން ބޭނުންވާ ބޭފުޅުންނަށް ބައިވެރި ވުމުގެ ފުރުސަތު އެބައޮތް ކަމަށާއި ބައިވެރިވެ ލައްވަން ބޭނުންވާ ބޭފުޅުން ޝިއުޒާގެ ނަމްބަރު 7908018 އަށް ގުޅާ މަޢުލޫމާތު ސާފު ކުރުމަށް ޝިއުޒާ އެދިލައްވައެވެ
މި ސްޓޫޑިއޯ ގައި ކުލާސް ތައް އޮންނަނީ ހަފްތާ އަކު 6 ރޭގައެވެ. އެއީ 3 ޒުމްބާ 3 ރޭ ސްޓްރޯންގް ނަގައިދޭ ގޮތަށެވެ.